ކ. މާލެ
|
11 ޖުލައި 2018 | ބުދަ 10:03
އެކްސިޑެންޓަށް ފަހު ވެއްޓިފައި އޮތް ޖޯޖް ކްލޫނީއަށް އެހީތެރިވަނީ
އެކްސިޑެންޓަށް ފަހު ވެއްޓިފައި އޮތް ޖޯޖް ކްލޫނީއަށް އެހީތެރިވަނީ
އޭޕީ
ޖޯޖް ކްލޫނީ
ޖޯޖް ކްލޫނީ އިޓަލީގައި އެކްސިޑެންޓްވެ ފަރުވާ ދީފި، ހާލު ރަނގަޅު
 
ހޮސްޕިޓަލްގައި ފަރުވަ ދިނުމަށް ފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައި
 
ސްކޫޓަރުން ދަތުރު ކުރަމުން ދިޔަ ކްލޫނީ ވަނީ ކާރެއްގައި ޖެހިފައި
 
މި އެކްސިޑެންޓް ހިނގާފައިވަނީ އަންގާރު ދުވަހު ހެނދުނު

އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި ޖޯޖް ކްލޫނީ، 57، އިޓަލީގައި ސްކޫޓަރެއްގައި ދަތުރު ކުރަމުން ދަނިކޮށް ކާރެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.

އިޓަލީގެ ސާޑިނިއާ އައިލެންޑްގެ އޮލްބިއާ ސިޓީގައި އަންގާރަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓަށް ފަހު އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަނިޔާތައް އެހާ ސީރިއަސް ނުވުމުގެ ސަބަބުން މާ ލަސްތަކެއް ނުވެ ވަނީ ދޫކޮށްލާފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އޭނާގެ ކުރި މައްޗަށް ކުއްލިއަކަށް މާސޭޑީޒް ކާރެއް އެރުމުގެ ސަބަބުންނެވެ. އަދި ކާރުގައި ޖެހި ކްލޫނީ އޭނާ ދަތުރު ކުރަމުންދިޔަ ސްކޫޓަރު މަތިން އެއްލިގެން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކްލޫނީއާ އެކު އެހެން ސްކޫޓަރެއްގައި ދަތުރު ކުރަމުންދިޔަ މީހާ ވަނީ އެ ކާރުގައި ނުޖެހި ސަލާމަތްވެފައެވެ.

އަދި ކްލޫނީގެ ކަކުލަށް އަނިޔާ ލިބިފައި ވުމާއެކު ހޮސްޕިޓަލަށް ގެންދެވުމަށް ފަހު އެމްއާރްއައި ސްކޭނެއް ހަދާފައިވާ ކަމަށް އެންބީސީން ރިޕޯޓް ކޮށްފައިވެއެވެ. ކްލޫނީގެ ޓީމުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކްލޫނީ އެކްސިޑެންޓްވި ހަބަރު ލިބުމާއެކު އަންހެނުން އަމާލްވަނީ ވަގުތުން އޭނާގެ ކައިރިއަށް ހޮސްޕިޓަލަށް ގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކްލޫނީ ސާޑިނިއާގައި އުޅެނީ ފިލްމެއްގެ ޝޫޓިންގ އެއްގައެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ މައްޗަށް ޖޯސެފް ހެލަރ ލިޔެފައިވާ ފޮތެއް ކަމަށްވާ "ކެޗް-22"ގެ ޝޫޓިންގގައެވެ.

އިޓަލީގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ކްލޫނީ ފިލްމް ޝޫޓިންގއަށް ދިޔަ މަގުމަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް