ކ. މާލެ
|
11 ޖުލައި 2018 | ބުދަ 09:50
މޯނީ ރޯއީ
މޯނީ ރޯއީ
ގޫގުލް
ބޮލީވުޑް
މޮނީ ރޯއީގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން!
 
އޭނާއަށް ލިބެމުންދާ ކުރި އެރުމަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށް މި ފޮޓޯއަށް ކޮމެންޓް ކޮށްފަ

އިންޑިއާގައި ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ޓީވީ ސީރިއަލް " ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ" އަދި "ނާގިން" އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ މޮނީ ރޯއީ އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައިވާ އޭނާގެ 180 ޑިގްރީ ހައި ކިކް އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ 15 ގައި ރިލީޒްކުރާ " ގޯލްޑް" އިން ބޮލީވުޑަށް ތަޢާރަފް ވެގެންދާ ބަތަލާ ޝެއަރ ކޮށްފައިވާ މި ފޮޓޯއަކީ އޭނާ ޖިމްގައި ނަގާފައިވާ ފޮޓޯ އެކެވެ.

 މޮނީ ކުރަމުންދާ ބުރަ މަސައްކަތުން އޭނާއަށް ލިބެމުންދާ ކުރި އެރުމަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށް މި ފޮޓޯއަށް ކޮމެންޓް ކޮށްފައެވެ.

މީގެ އިތުރުން ވެސް މޮނީ ވަނީ ކުޑަ ދުވަސްކޮޅެއް ކުރިން ވާރޭގައި ނަށަނިކޮށް ނަގައިފައިވާ ފޮޓޯއެއްވެސް ޝެއަރ ކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ރަތް ހާޓް އިމޯޖީ އަކާއިއެކު "ޑާންސިން ޓު ދަ ރެއިންސް ކްރިއޭޓިން މިއުޒިކް.. ތާޕުރު ތުޕުރު ތާޕުރު ތުޕުރު" މިހެންނެވެ.

މޮނީ ރޯއީ ބޮލީވުޑަށް ތައާރަފްވާ ފިލްމްގެ ލީޑް ރޯލުން އޭނާ އާއިއެކު ފެނިގެންދަނީ އަކްޝޭ ކުމާރެވެ.

އިންޑިއަން އެކްސްޕްރެސް އަށް ދީފައިވާ އިންޓަވިއު އެއްގައި މޮނީ ބުނެފައިވަނީ ގޯލްޑްގެ ޕޯސްޓަރު ފެނުމުން އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަމަށެވެ. މީގެ އިތުރުން އެ ފިލްމްގެ ޓީޒާ ފެނުމުންވެސް އޭނާއަށް ވަރަށް ފުން އަސަރެއް ކުރުވި ކަމަށެވެ. އަދި އޭނާގެ ހިތުގައި ވަތަނީ ރޫހު އުފެދިގެން ދިޔަ ކަމަށާއި އެފިލްމް ކުޅެން ލިބުމުން އެކަމާ އުފާވާ ކަމަށް މޯނީ ވަނީ ބުނެފައެވެ.

އޭނާ އިންތިޒާރު ކުރަމުންދަނީ ފިލްމް ރިލީޒް ކުރާ ދުވަހަށް ކަމަށް ވަނީ ބުނެފައެވެ.

ރީމާ ކަތުގީ ޑައިރެކްޓް ކޮށްފައިވާ "ގޯލްޑް" މި ފިލްމަކީ 1947 ވަނަ އަހަރު އިންޑިއާ އަށް މިނިވަންކަން ލިބުމަށް ފަހު 12 އޮގަސްޓް 1948 ގައި އޮލިމްޕިކްގައި އިންޑިއާ އަށް ހޮކީން ރަން މެޑެލް ގެނެސްދޭ ހާދިސާ ގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް