2014 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ މަޝްހޫރު ފިލްމް "ފޯލްޓް އިން އަވަރ ސްޓާޒް" ގެ ހިންދީ ރީމޭކް " ކިޒީ އޯރު މެނީ" ގެ ފުރަތަމަ ޕޯސްޓަރު ވަނީ ދައްކާލަފައެވެ.
ލީޑް ރޯލުން ސުޝާންތް ރާޖްޕުތް އާއި ސަންޖަނާ ސަންގީ ފެނިގެންދާ މި ފިލްމްގެ ޕޯސްޓަރު ފުރަތަމަ ފަހަރަށް ބަލައިލުމުން ތަފާތު ކަމެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ފަހަރަށް ބަލައިފި ނަމަ ހިތްގައިމު ނޫން ގޮތެއް ފާހަގަވެގެން ދެއެވެ. މި ޕޯސްޓަރުގައި ފެނިގެން ދަނީ ބަހެއްގެ މަތީގައި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް (ސުޝާންތް އާއި ސަންޖަނާ) ފަހަތަށް އެނބުރި އިށީންދެލައިގެން ތިބިއިރު ފިރިހެން ކުއްޖާގެ ބޮލުގައި ފުރަގަހުން އިންޑިއާގެ މަޝްހޫރު ބަތަލު ރަޖްނީކާންތްގެ ގެ ޕޮޓޯ ޖަހާފައިވާ މޫނުގަނޑެއް އަޅައިގެން އިންދައެވެ.
މި ފިލްމަކީ ކާސްޓިން ޑައިރެކްޓަރ މުކޭޝް ޗާބްރާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.
ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކިންއެއް ހަދާތީ މި ވާހަކަ ލިޔުނު ޖޯން ގްރީން ވަނީ އެކަމަށް މަރުހަބާ ކިޔައި ފިލްމަށް އިންތިޒާރު ކުރާ ކަމަށް ބުނެ އެވެ.
ޖޯން ގްރީންގެ މި ވާހަކަ އަށް ހަމަ އެ ނަމުގައި ޖޯޝް ބޫން ޑައިރެކްޓް ކޮށް ޓްވެންޓީއަތް ސެންޗަރީ ފޮކްސް އިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމްގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ޝައިލީން ވުޑްލީ އާއި އެންޒެލް އެލްގޮޓް އެވެ.
"ފޯލްޓް އިން އަވާ ސްޓާޒް" އަކީ ކެންސަރުގެ ޝިކާރަކަށްވެފައިވާ ޒުވާން ދެ ލޯބިވެރިންގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ.
ޖަމްޝޭދްޕޫރްގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމް "ކިޒީ އޯރް މެނީ" ރިލީޒް ކުރާނެ ތާރީހު އަދި އިއުލާން ކޮށްފައެއް ނުވެއެވެ.