ކ. މާލެ
|
11 ޖުލައި 2018 | ބުދަ 08:19
އިބޫ އާއި މަހުލޫފު ބައްދަލުކުރައްވަނީ
އިބޫ އާއި މަހުލޫފު ބައްދަލުކުރައްވަނީ
ސޯޝަލް މީޑިއާ
ރިޔާސީ އިންތިޚާބު 2018
ކާނަލް ނާޒިމްގެ އާއިލާގެ އިތުރުން މަހުލޫފްއާއި އިބޫ ބައްދަލު ކުރައްވައިފި
އިބޫވަނީ އެބޭފުޅުންގެ ގޭގެއަށް ވަޑައިގެންފައި
މިބައްދަލުކުރެއްވުންތައް އޮތީ އަންގާރަ ދުވަހުގެ ރޭ

ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްގެ އާއިލާގެ ބޭފުޅުންނާއި، ގޭބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ބައްދަލު ކުރައްވައިފިއެވެ.

ކާނަލް ނާޒިމްގެ ގޭގައި އެމަނިކުފާނުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައިވަނީ އަންގާރަ ދުވަހުގެ ރެއެވެ. އެބޭފުޅުންނާއި އިބޫ ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު މިހާރު ފައްޓަވާފައިވާ ދޮރުން ދޮރަށް ކެމްޕޭން ހަރަކާތުގެ ތެރެއިންނެވެ. ކާނަލް ނާޒިމް އާއިލާގެ ފަރާތުން ވަނީ އިބޫއަށް އެއާއިލާގެ ފުރިހަމަ ތާޢީދު އެބައޮތްކަން ހާމަކުރައްވާފައެވެ. ކާނަލް ނާޒިމްގެ އާއިލާގެ ބައެއް ބޭފުޅުން ގެންދަވަނީ އިދިކޮޅު ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރައްވަމުންނެވެ. ޚާއްސަކޮށް ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އަކީ އިދިކޮޅު ހަރަކާތްތަކުގެ އިސް ސަފުން ފެންނަ ބޭފުޅެކެވެ.

ކާނަލް ނާޒިމްގެ އާއިލާގެ ބޭފުޅުންނާއިއެކު އިބޫ

ކާނަލް ނާޒިމްގެ އާއިލާއާއި ބައްދަލުކުރެއްވުމުގެ އިތުރުން އިބޫ ވަނީ ގޭބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްއާއި ބައްދަލުކުރައްވާފައެވެ. މަހުލޫފަކީ އިދިކޮޅު ސިޔާސީ ހަރަކާތުގެ އިސް ބައިވެރިންގެ ތެރެއިން ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތުމުގެ ފުރުސަތު ނުލިބިއްޖެނަމަ އިބޫއަށް ތާޢީދުކުރައްވާނެކަމަށް އެންމެ ފުރަތަމަ ފާޅުގައި ވިދާޅުވި އެއް ބޭފުޅާއެވެ. މަހުލޫފުގެ އިތުރުން މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އާއިވެސް އިބޫ ވަނީ ބައްދަލު ކުރައްވާފައެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒޫއާއި ކާނަލް ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދަކީވެސް އިސްލާހީ ހަރަކާތުގައި އިސްކޮށް މަސައްކަތްކުރައްވާ ދެ ކަނބަލުންނެވެ.

އިބޫއާއި ބައްދަލުކުރައްވައި ދެކެވުނު ވާހަކަތަކުގެ ތަފްޞީލް އެއްވެސް އާއިލާއަކުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް