ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 19:53
އދ. ގެ ޓީމާއި ގުޅިފައިވާ ޕާޓީތަކުން ބައްދަލުކުރަނީ
އދ. ގެ ޓީމާއި ގުޅިފައިވާ ޕާޓީތަކުން ބައްދަލުކުރަނީ
އެމްޑީޕީ
އދ - ރާއްޖެ
އދ. ގެ ޕޮލިޓިކަލް އެފެއާޒް ޑިރެކްޓަރާ ގުޅިފައިވާ ޕާޓީތަކުން ބައްދަލުކޮށްފި
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދީފައި

އދ ގެ ޑިޕާޓްމެންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ފަރާތުން އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު މަރީ ޔަމަޝީޓާ އާއި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ޔަމަޝީޓާއަށް މައުލޫމާތު ދެއްވާފައެވެ. ހަމައެހެންމެ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ބައިނައަލްއަގްވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާކަން ގުޅިފައިވާ ޕާޓީތަކުން ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފާއި މަޑުއްވަރީ ދާއިރާގެ މެމެބްރު މުހައްމަދު އަމީތު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

އދ. ގެ ޕޮލިޓިކަލް އެފެއާޒް ނުވަތަ ސިޔާސީ ކަންކަމާ ބެހޭ ގުނަންގެ ޑިރެކްޓަރާއި ގުޅިފައިވާ ޕާޓީތަކުން ބައްދަލުކުރައްވާފައިވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އދ. އިން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާ މެދު އދ އިން ވެސް ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް