ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 09:52
ސުޝްމިތާ ސެން އޭނާގެ ދެ ދަރިންނާއި އެކު
ސުޝްމިތާ ސެން އޭނާގެ ދެ ދަރިންނާއި އެކު
ގޫގުލް
ބޮލީވުޑް
ސުޝްމިތާ ދަރިންނާއި އެކު މިއާމީ ގައި ޗުއްޓީ ހޭދަކުރަނީ
 
އުމުރުން 42 އަހަރުގެ ސުޝްމީތާގެ ދެ ދަރިންގެ ނަމަކީ ރިނީ އަދި އެލީޝާ
 
ހޮޓަލެއްގެ ޕޫލްގައި މަޖާކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯތައް އިންސްޓަރގްރާމްގައި ޝެއަރ ކޮށްފައިވޭ

ބޮލީވުޑްގެ ތަރި ސުޝްމިތާ ސެން އޭނާގެ ދަރިންނާއި އެކު މިއާމީ ގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

ސުޝްމިތާ ވަނީ ދެކުދިންނާއި އެކު ހޮޓަލެއްގެ ޕޫލްގައި މަޖާކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯތައް އޭނާގެ އިންސްޓަރގްރާމްގައި ޝެއަރ ކޮށްފައެވެ. މީގެ އިތުރުން އޭނާ އެކަނި ވެސް ޕޫލްގައި ހަމަޖެހިލައިގެން އޮއްވާ ނަގާފައިވާ ފޮޓޯ ވެސް ޕޯސްޓް ކޮށްފައެވެ.

އަދި  ކުދިންނާއި އެކު ބޭރަށް ގޮސް މަގުމަތީގައި އާއި މިއާއީގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތައް އޭނާ ވަނީ ޕޯސްޓް ކޮށްފައެވެ.

ސިންގަލް ޕޭރެންޓެއް ކަމަށްވާ އުމުރުން 42 އަހަރުގެ ސުޝްމީތާގެ ދެ ދަރިންގެ ނަމަކީ ރިނީ އަދި އެލީޝާއެވެ.

1994 ވަނަ އަހަރު މިސްޔުނިވާސް ގެ ތާޖް ހާސިލް ކޮށްފައިވާ ސުޝްމިތާ ފިލްމް ކުޅެން ފަށާފައިވަނީ 1996 ވަނަ އަހަރުއެވެ. އޭނާ ފުރަތަމަ ކުޅެފައިވާ ފިލްމަކީ "ދަސްތަކް"އެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި މާ ކާމިޔާބު ފިލްމަކަށް ވީމަމުގައި ނުވިޔަސް ސުޝްމީތާ ނަން ބޮލީވުޑުން ފަނޑުވެގެންނެއް ނުދެއެވެ.

އަދި 2006 ވަނަ އަހަރާއި ހަމައަށް ގިނަ ފިލްމް ތަކެއްގައި މަސްއކަތް ކުރިނަމަވެސް އޭގެ ފަހުން އޭނާދިޔައީ ފިލްމް ކުޅުމާއި ދުރަށް ޖެހެމުންނެވެ.ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުޅެފައިވަނީ  ބެންގާލީ ފިލްމް "ނިރްބާކް" އެކަނިއެވެ. މިވަގުތު ފިލްމު ކުޅުމަށްވުރެ ބޮޑަށް ސުޝްމިތާ ކުރަމުންދަނީ އިންސާނީ ހައްގު ތަކާއި ގުޅުންހުރި މަސައްކަތް ތަކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި