Advertisement
ކ. މާލެ
|
20 ޖެނުއަރީ 2017 | ހުކުރު 05:00
ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް
ގޫގުލް
ރައީސް ޔާމިން
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
އެންމެ ރަނގަޅު ގޮތަކަށްވާނީ އަގުލަބިއްޔަތަށް ތަބާވުން: ރައީސް ޔާމިން
ޕީޕީއެމްގެ ފިކުރު ނޫން އެހެން ފިކުރަކަށް ރައްޔިތުން ތާއީދު ނުކުރާނެ: ރައީސް ޔާމިން

ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ނައްތާލަންޖެހޭ ކަމަށާއި އަދި ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނީ އެ ޕާޓީއެއްގެ އިސް މީހެއް ނުވަތަ އިސް ނޫން މީހެއް ތަފާތު ކުރުމެއް ނެތި އުސޫލުތަކަށް ތަބާވެގެން ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

މ. އަތޮޅުގެ ބައެއް ރަށްތަކުގެ މީހުން ޕީޕީއެމަށް ސޮއިކުރުމަށް ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވީ އެންމެ ރަނގަޅު ގޮތަކަށްވާނީ އަގުލަބިއްޔަތަށް ތަބާވުން ކަމަށާއި އެހެން ކަމުން ޕާޓީގެ ތެރެއަށް ހަމަޖެހުން ގެނައުމަށްޓަކައި އިސް މީހެއް ނުވަތަ އިސް ނޫން މީހެއް ތަފާތު ކުރުމެއް ނެތި އުސޫލުތަކަށް ތަބާވަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ސަރުކާރުން ދެވޭ ހިދުމަތްތަކުގެ ސަބަބުން ރައްޔިތުންގެ އުދަނގޫ ފިލާ ކަމަށްވާނަމަ ޕީޕީއެމްގެ ފިކުރު ނޫން އެހެން ފިކުރަކަށް ރައްޔިތުން ތާއީދުކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން މިހާރު ވެސް އެކަން ފެންނަމުންދާ ކަމަށާއި އެއާއެކު އެހެން ޕާޓީތަކުން މީހުން ޕީޕީއެމްއާ ގުޅެމުން ދިޔުމަކީ އެކަމުގެ ހެއްކެއް ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކުން ވެސް ޕީޕީއެމަށް ބޮޑު އަގުލަބިއްޔަތެއް ހޯދައި ދިނުމަށް އެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ އަގުލަބިއްޔަތު ހޯދުމަށް ސަރުކާރުން ބޭނުން ވަނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް ގޮނޑިއެއް ހޯދުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ހިންގަން ބޭނުންވާ ތަރައްގީގެ މަސައްކަތްތަކަށް އިދިކޮޅު މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ހުރަސްއަޅާ ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް އޮތުމަކީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއު ހިންގުމަށް ފަސޭހަވެގެން ދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ މިހާރުގެ ސަރުކާރުގެ އަމާޒަކީ ދިވެހި ރީތި އާދަކާދަތައް ދެމެހެއްޓުން ކަމަށާއި އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހަނގާކޮށް ހަމަނުޖެހުން ހިންގުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް