ކ. މާލެ
|
5 ޖުލައި 2018 | ބުރާސްފަތި 01:23
(ކ - ވ) ކްރިސްޓަން ސްޓުވަރޓް، ލުޕީޓާ ޏޮންގޯ، ނައޯމީ ސްކޮޓް
(ކ - ވ) ކްރިސްޓަން ސްޓުވަރޓް، ލުޕީޓާ ޏޮންގޯ، ނައޯމީ ސްކޮޓް
ގޫގުލް
ޗާލީޒް އޭންޖަލްސް
ކްރިސްޓަން ސްޓުވަރޓް އާއި ލުޕީޓާ ޏޮންގޯއާއެކު ޗާލީޒް އޭންޖަލްސް އަނބުރާ އަންނަނީ!
މި ފިލްމް އަންނަ އަހަރުގެ ޖޫން މަހު 7ގައި ރިލީޒް ކުރަން ސޮނީއިން ދަނީ މަސައްކަތް ކުރަމުން
ސޮނީއިން މި ޝޯވގެ ރީބޫޓެއް ފުރަތަމަ ހަދާފައިވަނީ 2000 ވަނަ އަހަރު
ފިލްމް ޑައިރެކްޓް ކުރަނީ އެލިޒަބެތު ބޭންކްސް

1970ގެ އަހަރި ތަކުގައި ކާމިޔާބީތައް ހޯދާފައިވާ ޓީވީ ސީރީޒެއްކަަމަށްވާ "ޗާލީޒް އޭންޖަލްސް"ގެ ރިީބޫޓެއް ހަދަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ އިރު، އަންނަ އަހަރުގެ ޖޫން މަހު ފިލްމް ރިލީޒް ކުރާނެކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސޮނީއިން މި ޝޯވގެ ރީބޫޓެއް ފުރަތަމަ ހަދާފައިވަނީ 2000 ވަނަ އަހަރެވެ. ހޮލީވުޑްގެ މަޝްހޫރު ތަރިން ޑްރޫ ބެރީމޯ، ކެމެރޯން ޑިއާޒްއާއި ލޫސީ ލިއުއާ އެކުއެވެ.

2000 ވަނަ އަހަރުގެ ރީބޫޓްގެ ތަރިން (ކ - ވ) ޑްރޫ ބެރީމޯ، ކެމެރަން ޑިއާޒް، ލޫސީ ލިއު

އަނެއްކާ ވެސް ޝޯވެ ރީބޫޓެއް ހަދަން އުޅޭ ކަމުގެ ވާހަކަ ފުރަތަމަ ފެތުރިފައިވަނީ މީގެ ނުވަ މަސް ކުރިންނެވެ.

"ޓްވައިލަޓް" ފިލްމްތަކުން ފެނިގެން ދިޔަ ކްރިސްޓަން ސްޓުވަރޓްއާއި "ޓުވެލެވް ޔިއައރސް އަ ސްލޭވް" އާއި "ބްލެކް ޕެންތަރ" ފަދަ ފިލްމްތަކުން ފެނިގެން ދިޔަ ލުޕީޓާ ޏޮންގޯ ފިލްމުން ފެނިގެންދާނެކަމަށް ރިޕޯޓްތަކުގައި ވެއެވެ. އަދި ތިން ވަނަ "އޭންޖަލް" މިހާރު ފެނިފައިވާ ކަމަށާއި، އެއީ "ޕަވަރ ރޭންޖަރސް"އިން ފެނިގެން ދިޔަ ނައޯމީ ސްކޮޓްކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދުވަސްވަރަކީ އަންހެނުން ކުރީ ސަފުން ފެންނަ ގިނަ ފިލްމްތަކެއް ފެނިގެންދާ ދުވަސް ވަރަކަށް ވާއިރު، "ޗާލީޒް އޭންޖަލްސް"ގެ މި ފިލްމް ޑައިރެކްޓް ކުރަނީ ވެސް އަންހެނެކެވެ. "ޕިޗް ޕަރފެކްޓް" ފަދަ ފިލްމްތައް ޑައިރެކްޓް ކޮށްފައިވާ އެލިޒަބެތު ބޭންކްސް ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމުން ފެނިގެންދާނެއެވެ. "އޭންޖަލްސް"ގެ ސިއްރު ހަމައެކަނި އިނގޭ "ބޯޒްލީ"ގެ ރޯލުންނެވެ.

"ޗާލީޒް އޭންޖަލްސް"ގެ މި ފިލްމް އަންނަ އަހަރުގެ ޖޫން މަހު 7ގައި ރިލީޒް ކުރަން ސޮނީއިން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތަކުގައިވެއެވެ.

"ޗާލީޒް އޭންޖަލްސް"ގެ އޮރިޖިނަލް ސީރީޒްއިން ފެނިގެންދިޔައީ ފެރާ ފޯސެޓް، ކޭޓް ޖެކްސަން އަދި ޖެސްލީން ސްމިތުއެވެ.

"ޗާލީޒް އޭންޖަލްސް"ގެ އޮރިޖިނަލް ކާސްޓް (ކ -ވ) ފެރާ ފޯސެޓް، ކޭޓް ޖެކްސަން، ޖެސިލީން ސްމިތު
- ކޮމެންޓް