ކ. މާލެ
|
20 ޖެނުއަރީ 2017 | ހުކުރު 03:50
އެމްއެންޑީއެފް ކޯސްޓްގާޑު
އެމްއެންޑީއެފް ކޯސްޓްގާޑު
ގޫގުލް
ފަރަށް އެރުން
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
 
އެ ދޯނި ފަރަށް އެރުމުން ދޯނީގެ ބަނޑުފިލައިން މަޑޫގަނޑެއް ނެއްޓިފައިވޭ
 
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
 
އެދޯނިން ދަތުރުކުރީ ބަންގްލަދޭޝްގެ 11 މީހުން، ދިވެއްސަކު ދަތުރުކުރި

މާލެއިން ފުރައިގެން ވ. ފެލިދޫއަށް ދަތުރުކުރަމުންދިއަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި އެވެ.

އެމްއެންޑީއެފް ބުނީ މާލެއިން ފުރައިގެން ވ.ފެލިދޫ އަށް ދަތުރުކުރި "ލޯކުރި" ނަމަކަށް ކިޔާ 75 ފޫޓްގެ މުދާ އުފުލާ ދޯންޏެއް މާލެ އަތޮޅު ވާދޫ ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު އަންގާރަ ދުވަހުގެ ރޭ 02:03 ހާއިރު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުމާއެކު ހާބަރ ކްރާފްޓް 104 ނަންބަރު ލޯންޗު އެ ސަރަހައްދަށް ގޮސް އެހީތެރިވުމުގެ މަސައްކަތް ވަނީ ކޮށްފައިވާ ކަމަށެވެ.

މިގޮތުން އެ ދޯނިން ދަތުރުކުރި 12 މީހުންގެ ތެރެއިން ފަޅުވެރިން ފިޔަވައި ދެން ތިބި 8 މީހުން، ބުދަ ދުވަހުގެ ހެނދުނު 05:50 ހާއިރު މާލެ ގެނެސްފައިވާ ކަމަށްވެސް އެމްއެންޑިއެފުން ބުނެއެވެ. މި ދޯނިން ދަތުރު ކުރީ، ބަންގްލަދޭޝްގެ 11 މީހުންނާއި، ދިވެއްސެއް ކަމަށާއި އެ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ސަބަބުން ދޯނީގެ ބަނޑުފިލައިން މަޑޫގަނޑެއް ނެއްޓި ދޯނި ވަރަށް ބޮޑަށް ދިޔަވެފައިވާ ކަމަށާއި އެދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުދަ ދުވަހު ހެނދުނު އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް