ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 12:20
ކްލޯއީ ކާޑޭޝިއަން އުފަން ދުވަހު ދައްތަ ކިމް ކާޑޭޝިއަން ވެސްޓް ޝެއާކޮށްފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް
ކްލޯއީ ކާޑޭޝިއަން އުފަން ދުވަހު ދައްތަ ކިމް ކާޑޭޝިއަން ވެސްޓް ޝެއާކޮށްފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް
އިންސްޓަގްރާމް
ކްލޯއީ ކާޑޭޝިއަން
ކްލޯއީއަށް ބޭވަފާތެރިވި ޓްރިސްޓަން އޭނާގެ ދައްތަ ކިމް އަންބްލޮކް ކޮށްފި
 
ކިމް ކުރިން ބުނެފައި ވަނީ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ޓްރިސްޓަން އޭނާ ބްލޮކްކޮށްފައިވާ ކަމަށް
 
ކްލޯއީވަނީ ޓްރިސްޓަންއާ އެކު އުޅުމަށް ނިންމާފައި
 
ޓްރިސްޓަން ކްލޯއީއަށް ބެވަފާތެރިވިކަން ފަޅާއަރާފައި ވަނީ އޭނާ ވިހަން ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކްލޯއީ ކާޑޭޝިއަންއަށް ބޭވަފާތެރިވި، އޭނާގެ ދަރިފުޅުގެ ބައްޕަ ޓްރިސްޓަން ތޮމްޕްސަންއަށް މާފުކޮށް އުފަން ދުވަސް ފާހަގާ ކުރީ ޓްރިސްޓަން އާއި އާއިލާގެ މީހުންނާ އެކުއެވެ.

ނިމިގެން ދިޔަ ހަފްތާގެ ބުދަ ދުވަހު ކްލޯއީއަށް ވަނީ 34 އަހަރު ފުރިފައެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ދައްކާ ގޮތުން ކްލޯއީ އެ ދުވަސް ފާހަގަ ކުރީ އާއިލާ އާއި އެކުވެރިންނާ އެކުއެވެ. އޭގެ ތެރޭގައި އޭނާގެ ދައްތަ ކިމް ކާޑޭޝިއަން ވެސްޓް އަދި ކޮއްކޮމެން ކަމަށްވާ ކެންޑަލް އާއި ކައިލީ ޖެނަރގެ އިތުރުން ލޯބިވެރިޔާ ޓްރިސްޓަން ވެސް ހިމެނެއެވެ. އަދި ފަހުން މަންމަ ކްރިސް ޖެނަރ ވެސް ބައިވެރިވެފައިވާކަން ކްލޯއީގެ ޕޯސްޓްތަކުން ފެނެއެވެ.

މަންމައަކަށް ވުމަށް ފަހު އޭނާ ފާހަގަ ކުރި ފުރަތަމަ އުފަންދުވަހުގެ ކުޑަކުޑަ ހަފްލާ ބާއްވާފައި ވަނީ ލޮސް އެންޖެލެސްގައި ހުންނަ އޭނާގެ ގޭގައެވެ. ބާސްކެޓް ބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޓްރިސްޓަންއަކީ ކްލީވްލޭންޑް ކަވަލިއަރސްގެ ކުޅުންތެރިއަކަށްވާ އިރު، ދަރިފުޅު ވިހެއުމުގެ ކުރިން ކްލޯއީ ވަނީ ކްލީވްލޭންޑަށް ބަދަލުވެފައެވެ. އަދި ޖޫން މަހާ ހަމައަށް އެ އާއިލާ ކްލީވްލޭންޑްގައި ދިރިއުޅެފައިވާ އިރު، އެ މީހުން ލޮސް އެންޖެލެސްއަށް ބަދަލުވެފަ އިވަނީ ކްލޯއީގެ އުފަން ދުވަހާ ގާތްކޮށްފައެވެ. އަދި، މިދުވަސްވަރަކީ އެމެރިކާގެ ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ)ގެ އޮފް ސީޒަންކަން ފާހަގަ ކުރެވެއެވެ.

ކްލޯއީގެ އުފަން ދުވަހުގެ ހަފްލާގައި ޓްރިސްޓަން އާއި ދައްތަ ކިމް ބައިވެރިވެފައިވާ އިރު، ދާދި ފަހުން އެލެން ޑިޖެނެރެސްއަށް ދީފައިވާ އިންޓަވިއުއެއްގައި ކިމް ބުނެފައި ވަނީ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމަކުން ޓްރިސްޓަން އޭނާ ބްލޮކް ކޮށްފައިވާ ކަމަށެވެ. ބްލޮކްކުރީ އެހެން އިންޓަވިއު ޝޯވއެއްގައި ކިމް ދެއްކި ވާހަކައެއްގެ ސަބަބުން ކަމަށް ވެއެވެ.

ކްލޯއީގެ އުފަން ދުވަހު މިކަންތައް ވެސް ވަނީ ހައްލުވެފައެވެ. ކިމްގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ޓްރިސްޓަންއަށް އިޝާރާތްކޮށް އަންބްލޮކް ކުރަން އަހަންވީތޯ ކިމް އޭނާގެ ފޮލޮވަރުން ގާތު އަހާފައިވެއެވެ. އަދި އަންބްލޮކް ކުރާނަން ކަމަށް ޓްރިސްޓަން ބުނާ އަޑު ވެސް އިވެއެވެ. ނަމަވެސް ކިމް އެކަންތައް އެ ހިސާބުން ނިންމައެއް ނުލައެވެ. ކިމް ވަނީ ޓްރިސްޓަން އިންސްޓަގްރާމް އިން އޭނާ އަންބްލޮކް ކުރާ މަންޒަރުގެ ވީޑިއޯއެއް ވެސް ޝެއާ ކޮށްފައެވެ. އަދި އެ މަރުހަލާގައި ޓްރިސްޓަން ބްލޮކްކޮށްގެން އުޅެނީ ކިމް އެކަނި ނޫންކަން އެނގުނެވެ. އެ ގޮތުން، ޓްރިސްޓަން ވަނީ ކްލޯއީގެ އެންމެ ގާތް އެކުވެރިޔާ މަލިކާ ހައްކު ވެސް ބްލޮކްކޮށްފައެވެ.

އެ އަށް ޖަވާބު ދެމުން މަލިކާ ބްލޮކް ކުރީ އޭނާ ޓްރިސްޓަން އަންފޮލޯ ކުރުމުން ކަމަށް ޓްރިސްޓަން ބުނާ އަޑު ކިމްގެ ވީޑިއޯއިން އިވެއެވެ.

ޓްރިސްޓަންއާ އެކު އުޅެން ކްލޯއީ ނިންމުމުން އޭނާއަށް ގިނަ ފަރާތްތަކެއް ވަނީ ސޯޝަލް މީޑީއާގައި ފާޑު ކިޔާފައެވެ. އެ ފާޑުކިޔުންތަކަށް ޖަވާބު ދެމުން ކްލޯއީ ބުނެފައި ވަނީ ގޭތެރޭގައި ހިނގާ ކަންތަކެއް އެންމެނަށް ނޭނގޭނެ ކަމަށާއި އަމިއްލާ މީހާގެ ހިއްވަރާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ.

ކްލޯއީގެ އުފަން ދުވަހުގެ ހަފްލާގެ ތެރެއިން ކިމް ޝެއާކުރި ވީޑިއޯއެއްގައި ޓްރިސްޓަން ފޯންގެ ޕާސްކޯޑް ވަގަށް ބަލަން އުޅޭ ކަހަލަ ގޮތަކަށް ހަރަކާތްތައް ބެހެއްޓުމުން ޕާސްކޯޑް ތިމަންނައަށް އިނގެއޭ ކްލޯއީ ބުނާ އަޑު އިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް
'ވޯލްޑް ޝެފްސް އޭޝިޔާ ޕްރެސިޑެންޓްސް އަހަރީ ބައްދަލުވުން 2024' ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ