ކ. މާލެ
|
1 ޖުލައި 2018 | އާދީއްތަ 07:17
ސަންޖޫގެ ޕޯސްޓަރު
ސަންޖޫގެ ޕޯސްޓަރު
ޓްވިޓަރ
ބޮލީވުޑް
ރޭސް 3 ގެ ރިކޯޑް ސަންޖޫ އިން މުގުރާލައިފި
 
މިއީ ރަންބީރު ކަފޫރުގެ ފިލްމް ކެރިއަރ ގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމް
 
ހަފްތާ ބަންދުގައި މި އަދަދު 100 ކުރޯޑް ރުޕީސް އަށް އަރާނެ ކަމަށް ބެލެވޭ
 
މި ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 34.75 ކްރޯޑް ރުޕީޒް ވަނީ ލިބިފައި

2018 ވަނަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމަކަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "ސަންޖޫ" ވެގެން ގޮސްފިއެވެ.

ޓްރޭޑް އެނެލިސްޓެއް ކަމަށްވާ ތަރަން އާދާޝް ހޮނިހިރު ދުވަހު ކޮށްފައިވާ ޓްވީޓްގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި މި ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 34.75 ކްރޯޑް ރުޕީޒް ވަނީ މިފިލްމަށް ލިބިފައެވެހަފްތާ ބަންދުގައި މި އަދަދު 100 ކުރޯޑް ރުޕީސް އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ތަރަން ވަނީ ބުނެފައެވެ.

މީގެ ކުރިން އެއްވަނައިގައި އޮތީ މިމަހުގެ 15 ގައި ރިލީޒް ކުރި ސަލްމާން ޚާންގެ ފިލްމް "ރޭސް 3" އެވެ.

މިއަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފަސް ފިލްމްގެ ތެރެއިން ފިލްމް އެޅުވި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ބަލާއިރު އެއްވަނައިގައި އޮތް "ސަންޖޫ" އަށް ލިބިފައިވަނީ 34.75 އެވެ. ދެ ވަނަގައި އޮތް  "ރޭސް 3" އަށް ލިބިފައިވަނީ 34.75 ކްރޯޑް ރުޕީސް އެވެ. ތިން ވަނައިގައި އޮތް "ބާގީ 2" އަށް 25.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް "ޕަދްމާވަތީ" އަށް ލިބިފައިވަނީ 19 ކްރޯޑް ރުޕީސް އެވެ.އަދި ފަސްވަނައިގައި އޮތް  "ވީރޭ ދި ވެޑިން" އަށް ލިބިފައިވަނީ 10.70 ކްރޯޑް ރުޕީސް އެވެ.

މި ފިލްމްގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދާ ރަންބީރު ކަފޫރުގެ ފިލްމް ކެރިއަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

ރަންބީރުގެ ފިލްމީ ކެރިއަރ އަށް ބަލާއިރު އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ "ސަންޖޫ" އަށް 34.75 ކްރޯޑް ރުޕީސް، ލިބިފައިވާއިރު ދެވަނަގައި އިތް "ބޭޝަރަމް" އަށް 21.56 ކްރޯޑް ރުޕީސް، ތިންވަނައިގައި އޮތް "ވައިޖޭއެޗްޑީ" އަށް 19.45، ހަތަރުވަނައިގައި އޮތް "އޭޑީއެޗްއެޗްއެމް" އަށް  13.30ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި ފަސްވަ ނައަށް ހޮވިފައިވާ "ތަމާޝާ"އަށް ލިބިފައިވަނީ 10.94 ކްރޯޑް ރުޕީސް އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
50%
0%
0%
50%
ކޮމެންޓް