ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 17:51
ފުލުހުން ހޯދަމުންދާ ޅ. ނައިފަރު، އަލިހާ، އަޙްމަދު މުބާހު (30އ)
ފުލުހުން ހޯދަމުންދާ ޅ. ނައިފަރު، އަލިހާ، އަޙްމަދު މުބާހު (30އ)
ގޫގުލް
ފިލައިގެން އުޅޭ މީހުން ހޯދުން
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
 
ހޯދަމުންދަނީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކާ ގުޅިގެން
 
އުމުރަށް ޖަލަށް ލާން ހުކުމް ކުރީ 2008 ގައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މީހަކު ކުޑަކުއްޖަކާ ގުޅޭ މައްސަލައެއްގައި ހޯދަން އިއުލާނުކޮށްފި އެވެ.

 

ފުލުހުން ހޯދަމުންދަނީ ޅ. ނައިފަރު، އަލިހާ، އަޙްމަދު މުބާހު (30އ) އެވެ.

 

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނާއި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ މީހަކަށްވުމުންނެވެ. އަދި ޙުުކުމް ތަންފީޒްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކުރުމަށް ކަރެކްޝަނަލް ސަރވިސްއިން އެދިފައިވާ ފަރާތަކަށްވުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

 

މަސްތުވާތަކެތީގެ މައްސަލައެއްގައި މުބާހުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން ފަރުވާ ޕްރޮގްރާމުގައި ބައިވެރިވެ މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ޕްރޮގްރާމް ފުރިހަމަ ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް