ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 12:31
ކާންޔޭ ވެސްޓް
ކާންޔޭ ވެސްޓް
ޓްވިޓަރ
ކިމް ކާޑޭޝިއަން، ކާންޔޭ ވެސްޓް
ކިމް އަހަރެން ވަރި ކޮށްފާނެ ކަމުގެ ބިރު ގަތް: ކާންޔޭ ވެސްޓް
 
ނަމަވެސް ކިމް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފިރިމީހާގެ ދިފާއުގައި ވާހަކަ ދައްކާފައި
 
އަޅުވެތިކަމާ ގުޅިގެން އޭނާ ދެއްކި ވާހަކަތަކެއްގެ ސަބަަބުން ކިމް ވަރި ކޮށްފާނެކަމަށް ހީކުރި ކަމަށް ކާންޔޭ ބުނި
 
2012 ވަނަ އަހަރު ރަށްޓެހިވި ކާންޔޭއާއި ކިމް ކައިވެނިކޮށްފައިވަނީ މޭ 2014ގައި

އަޅުވެތިކަމާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގެ ސަބަބުން އަންހެނުން އޭނާ ވެރިކޮށްފާނެކަމުގެ ބިރު ހީވިކަމަށް އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް ކާންޔޭ ވެސްޓް ބުނެފިއެވެ.

ކާންޔޭގެ އަންހެނުންނަކީ ފެޝަން އައިކަން އަދި މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ވެސްޓެވެ. 2012 ވަނަ އަހަރު ދެ މީހުން ރަށްޓެހި ވެފައިވާ އިރު، ކައިވެނިކޮށްފައިވަނީ މޭ 2014 ގައެވެ. އަދި މިހާރު އެ މީހުންގެ ތިން ކުދިން އެބަ ތިއްބެވެ. އެއީ ނޯތު، ސެއިންޓް އަދި ޝިކާގޯ ވެސްޓެވެ.

މި އަހަރުގެ މޭ މަހު ޓީއެމްޒީއަށް ދިން އިންޓަވިއުއެއްގައި ކާންޔޭ ބުނެފައިވަނީ، "400 އަހަރު ވަންދެން އަޅުވެތިކަން ކުރިއަށް ދިޔަ ވާހާކަ އަޑު އިވުނީމަ ބޮޑަށް ހީވަނީ އެއީ އަމިއްލަ އިހްތިޔާރެއް ހެން"ކަމަށެވެ.

އޭގެ ފަހުން، މި މަހު ދަ ނިއު ޔޯކް ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ކާންޔޭ ބުނީ އެކަމުގެ ސަބަބުން ކިމްއާ ދޭތެރޭ މައްސަލަތަކެއް އުފެދުނު ކަމަށާއި ވަރިވުމާ ބެހޭ ގޮތުން ދެ މީހުން ވާހަކަ ވެސް ދެއްކި ކަމަށެވެ. ނަމަވެސް ކާންޔޭ މިހާރު ބުނަނީ އޭނާ ބުނި އެއްޗެހި ޓީއެމްޒީން ބޮޑު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ވަރިފަށަށް އެރިކަމަށް ދޭހަވާ ގޮތަށް ކާންޔޭ ވާހަކަ ދެއްކި ނަމަވެސް އާންމުންނަށް އެ މަންޒަރު ދައްކާފައެއް ނުވެއެވެ. އަދި އޭގެ ބަދަލުގައި ކިމް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފިރިމީހާގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.

އޭގެ ފަހުން "ޔޭ"ގެ ނަމުގައި އޭނާ އަލްބަމެއް ނެރެފައިވާ އިރު، އާގައި ނަފްސާނީ ބަލިތަކާ އަމިއްލައަށް މަރުވާން ވިސްނާފައިވާކަން އޭނާ ހާމަ ކުރިއެވެ. އަދި އަލްބަމްގެ ކަވަރގައު ލިޔެފައިވަނީ "އައި ހޭޓް ބީންގ ބައި-ޕޯލާ، އިޓް އޯސަމް"އެވެ.

މި އަހަރުގެ މޭ މަހު ކާންޔޭ ދެއްކި ހަމަ އެކަނީ ކޮންޓްރޮވަރޝަލް ވާހަކައަކީ އަޅުވެތިކަމާ ބެހޭ ވާހަކަ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ވަނީ ނަސްލީ ތަފާތު ކުރުން ގެންގުޅޭކަމަށް ގިނަ ފަރާތްތަކުން ގަބޫލު ކުރާ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރާ ވާހަކަ ދައްކާށެވެ. އޭގެ ފަހުން ކިމް ވެސް ވަނީ ޓްރަމްޕާ ބައްދަލުކޮށްފައެވެ. ގައިދީ އަކު މިނިވަން ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
0%
50%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
ސޯޝަލް މީޑިއާގައި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމާއި ބޭއަދަބީ ކަންކަން ޕްރޮމޯޓް ކުރަމުންދާއިރު، އިދާރާތަކުގެ ހިލަމެއް ނެތް
ހުޅުމާލޭ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަނިކޮށް، އަނިޔާވެގެން ބިދޭސީއަކު މަރުވެއްޖެ
ފިރިހެނުންނަށް ވަރިކުރުމުގެ ބާރު ދީފައިވަނީ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރުދޭކަށް ނޫން: ޚުތުބާ
ފުނަދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދޮގާއި ތެދު ހިމެނޭހެން މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނަވާ: ރައީސް
އަޑިނޭނގޭ އަނދަވަޅަކަށް ވެއްޓިފައިވާ ލުބުނާނުގެ އިޤްތިޞާދު ކޮޅަށްޖެހުމަށް އީޔޫއިން އެހީވަނީ