ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 11:41
މި އަހަރުގެ ބީއީތީ އެވޯޑްސްގައި \'ބެސްޓް މޫވީ އެވޯޑް\' ލިބިފައިވަނީ ބްލެކް ޕެންތަރއަށް
މި އަހަރުގެ ބީއީތީ އެވޯޑްސްގައި 'ބެސްޓް މޫވީ އެވޯޑް' ލިބިފައިވަނީ ބްލެކް ޕެންތަރއަށް
ގޫގުލް
ބްލެކް އެންޓަޓެއިންމަންޓް އެވޯ
ބީއީޓީ އެވޯޑްސް 2018: ދެ އެވޯޑާއެކު އެންމެ ގިނަ އެވޯޑް ލިބިފައިވަނީ ކެންޑްރިކް ލަމަރއަށް!
ބީއީޓީ އެވޯޑްސް ބާއްވާފައިވަނީ އާދިއްތަ ދުވަހު
އެމެރިކާގެ ލޮސް އެންޖެލެސްގައި ހުންނަ މައިކްރޮސޮފްޓް ތިއޭޓަރގައި ކުރިއަށް ދިޔަ ހަފްލާ ހޮސްޓް ކޮށްފައިވަނީ ޖޭމީ ފޮކްސް
އެވޯޑް ކާމިޔާބު ކުރި ފަރާތްތަކުގެ ތެރޭގައި ކެންޑްރިކް ލަމަރ، ބިޔޯންސޭ، މިގޯސް، ބްރޫނޯ މާސް އަދި ރިހާނާއާއި ޑީޖޭ ކާލިދު ހިމެނޭ

އާދިއްތަ ދުވަހު ކުރިއަށް ދިޔަ ބްލެކް އެންޓަޓެއިންމަންޓް އެވޯޑްސް، ނުވަތަ ބީއީޓީ އެވޯޑްސްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ތަރިއަކީ ކެންޑްރިކް ލަމަރއެވެ.

އެމެރިކާގެ ލޮސް އެންޖެލެސްގައި ހުންނަ މައިކްރޮސޮފްޓް ތިއޭޓަރގައި ކުރިއަށް ދިޔަ ހަފްލާގައި އޭނާއަށް "ބެސްޓް މޭލް ހިޕް ހޮޕް އާޓިސްޓް"ގެ އިތުރުން "އަލްބަމް އޮފް ދަ ޔިއަރ" ވަނީ ލިބިފައެވެ.

މި އަހަރުގެ ބީއީޓީ އެވޯޑްސްގެ ހޮސްޓް ކުރީ މަޝްހޫރު ފިލްމީ ތަރި ޖޭމީ ފޮކްސްއެވެ. އަދި ނިކީ މިނާޖް، ސްނޫޕް ޑޯގް، އަދި ޖޭ.ކޯލް ފަދަ ތަރިން ވަނީ ޕަރފޯމް ކޮށްފައެވެ. މީގެ އިތުރުން ދާދި ފަހުން ޖަލުން މިނިވަން ވެފައިވާ މީކް މިލް ވެސް ވަނީ ޕަރފޯމް ކޮށްފައެވެ. އޭނާގެ ހުށަހެޅުން ހާއްސަކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާގައި ބަޑި ޖަހާ މަރާލާފައިވާ 20 އަހަރުގެ ޖޭސޭ ޑްވޭން ރިކާޑޯ އޮންފްރޯއި ނުވަތަ އެކްސްއެކްސްއެކްސްޓެންޓޭޝަންގެ ހަދާނަށެވެ.

ކެންޑްރިކް ލަމަރގެ އިތުރުން އެވޯޑްތައް ކާމިޔާބު ކުރި ފަރާތްތަކުގެ ތެރޭގައި ބިޔޯންސޭ، މިގޯސް، ބްރޫނޯ މާސް އަދި ރިހާނާއާއި ޑީޖޭ ކާލިދު ހިމެނެއެވެ.

މީގެ އިތުރުން، މި އަހަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ 60 އަހަރުގެ އަނީޓާ ބޭކަރ އަށެވެ.

 

2018 ވަނަ އަހަރުގެ ބީއީޓީ އެވޯޑްސް ކާމިޔާބު ކުރި ފަރާތްތަތައް،ފުރިހަމަ ލިސްޓް

ބްސްޓް ފީމޭލް އާރް އެންޑް ބީ / ޕޮޕް އާޓިސްޓް އެވޯޑް – ބިޔޯންސޭ

ބްސްޓް މޭލް އާރް އެންޑް ބީ / ޕޮޕް އާޓިސްޓް އެވޯޑް – ބްރޫނޯ މާސް

ބެސްޓް ގްރޫޕް އެވޯޑް – މިގޯސް

ބެސްޓް ކޮލޭބޮރޭޝަން އެވޯޑް – ޑީޖޭ ކާލިދު، ރިހާނާ އަދި ބްރައިސަން ޓިލަރގެ 'ވައިލްޑް ތޯޓްސް'

ބްސްޓް މޭލް ހިޕް ހޮޕް އާޓިސްޓް އެވޯޑް – ކެންޑްރިކް ލަމަރ

ބްސްޓް ފީމޭލް ހިޕް ހޮޕް އާޓިސްޓް އެވޯޑް – ކާޑީ ބީ

ވީޑިއޯ އޮފް ދަ ޔިއަރ – ޑްރޭކްގެ "ގޯޑްސް ޕްލޭން"

ވީޑިއޯ ޑައިރެކްޓަރ އޮފް ދަ ޔިއަރ އެވޯޑް – އޭވާ ޑުވަރނޭ

ބެސްޓް ނިއު އާޓިސްޓް އެވޯޑް – ސްޒާ

ޑރ. ބޮބޯ ޖޯންސް ބެސްޓް ގޯސްޕެލް/އިންސްޕިރޭޝަނަލް އެވޯޑް – ލެކްރޭ އާއި ޓޯރީ ކެލީގެ "އައިލް ފައިންޑް ޔޫ"

ދަ ބެސްޓް އިންޓަނެޝަނަލް އެކްޓް އެވޯޑް – ޑޭވިޑޯ (ނައިޖީރިއާ)

ބެސްޓް އެކްޓްރެސް އެވޯޑް – ޓިފަނީ ހެޑިޝް

ބެސްޓް އެކްޓަރ އެވޯޑް – ޗެޑްވިކް ބޯސްމަން

ޔަންގް ސްޓާސް އެވޯޑް – ޔާރާ ޝަހީދީ

ބެސްޓް މޫވީ އެވޯޑް – ބްލެކް ޕެންތަރ

ސްޕޯޓްސްވުމަން އޮފް ދަ ޔިއަރ އެވޯޑް – ސެރޭނާ ވިލިއަމްސް

ސްޕޯޓްސްމަން އޮފް ދަ ޔިއަރ އެވޯޑް – ލެބްރޯން ޖޭމްސް

އަލްބަމް އޮފް ދަ ޔިއަރ އެވޯޑް – ކެންޑްރިކް ލަމަރގެ "ޑޭމްން"

ބީއީޓީ ހަރ އެވޯޑް – މެރީ ޖޭ ބްލައިޖްގެ "ސްޓްރެންތު އޮފް އަ ވުމަން"

ކޮކާ-ކޯލާ ވިއުއަރސް ޗޮއިސް އެވޯޑް – ކާޑީ ބީގެ "ބޮޑެކް ޔެލޯ"

- ކޮމެންޓް