ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 18:19
އެސްއެމްއީ ލޯންގެ ވަރކްޝޮޕް
އެސްއެމްއީ ލޯންގެ ވަރކްޝޮޕް
ރިޒްނާ ޒަރީރު
އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީން ދޫކުރި ލޯންތަކުގެ 70 ޕަސެންޓް ވިޔަފާރި ކާމިޔާބު: މިނިސްޓްރީ
ލޯނުތައް ނަގާ ފަރާތްތަކުގެ ވިޔަފާރި ވަރަށް ކާމިޔާބު
ޕާޓްނަރުންނާ ދިމާވާ މައްސަލަތަކާ ގުޅިގެން ވިޔަފާރިއަށް ހުރަސް އެޅޭ

އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ލޯންތަކުގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓާއި 80 ޕަސެންޓް ފަރާތްތަކަކީ ކާމިޔާބު ކަމާ އެކު ވިޔަފާރި ކުރިއަށްގެންދާ ފަރާތްތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގެޓްސެޓް ޕްރޮގްރާމުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ލޯން ސްކީމްތަކަށް އާންމުންގެ ތާއީދު ވަރަށް ބޮޑަށް ލިބިގެންދާއިރު ވިޔަފާރިތަކަށް ތަނަވަސްކޮށްދޭ ފުރުސަތުގައި ގިނަ ބަޔަކު ކާމިޔާބު ވިޔަފާރިތައް ކުރަމުންދާ ކަމަށެވެ.

"ސަރުކާރުން މޯގޭޖެއް ނުވަތަ ސެކިއުރިޓީއެއް ނެތި، ވަރަށް ލުއި ފަސޭހަކޮށް އޯޕެން ކޮށްލާފައި ވަނީ. ނަމަވެސް އެފަދަ ޕްރޮގްރާމެއް ނާޖައިސް ގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރާ މީހުންނެއް ނުތިބޭ،" މަހީލް ވިދާޅުވި އެވެ.

މަހީލް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވާ ގެޓްސެޓާއި ފަސޭހަ މަދަދާއި އެސްއެމްއީ ލޯނު ނަގާ ފަރާތްތަކުގެ ތެރެއިން 70 އާއި 80 ޕަސެންޓާ ދެމެދުގެ މީހުން ކާމިޔާބު ވިޔަފާރިތައް ހިންގުމަކީ އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މަހީލް ވިދާޅުވީ، އެފަދަ ލޯނުތަކުގެ ތެރެއިން ކުރިއަށްގެންދާ ވިޔަފާރިތައް ކާމިޔާބު ނުވުމަށް އާންމު ގޮތެއްގައި ދިމާވަނީ ވިޔަފާރި ކުރުމުގައި ޕާޓްނަރުންނާ ދިމާވާ މައްސަލަތައް ކަމަށެވެ.

"މީގެ އިތުރުން ބައެއް ފަހަރު ޕްރޮޕޯސަލް ހުށަހަޅާ ވިޔަފާރި ނޫން އެހެން ކަމެއް ކުރުމަށް އެދިދާނެ. އެހެން ނަމަވެސް އެގޮތަކަށް އަޅުގަނޑުމެންނަށް ފުރުސަތެއް ނުދެވޭނެ. ވަރަށް ގިނަ ކަންކަމަށް ބަލާފައި އަޅުގަނޑުމެން މި ފުރުސަތު ދެވިގެންދަނީ،" މަހީލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް