ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 14:18
ޔުނައިޓެޑް ފުޑް ސަޕްލައިސް
ޔުނައިޓެޑް ފުޑް ސަޕްލައިސް
ޔުނައިޓެޑް ފުޑް ސަޕްލައިސް
ޔުނައިޓެޑް ފުޑް ސަޕްލައިސް
ޔުނައިޑެޓް ފުޑް ސަޕްލައިސްގެ އާ ފިހާރު: ރީޓެއިލް ދާއިރާއަށް ތަފާތު ރަހަތަކެއް
އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ލިބޭނެ
މަހުގެ ބާވަތްތަކާއި ތަރުކާރީވެސް ލިބެން ހުންނާނެ
ފިހާރައިން އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ދުޅަހެޔޮ ސިއްހަތު

ރިޒޯޓް ސަޕްލައި ކުރުމުގައި މަޝްހޫރު ކުންފުންޏެއް ކަމުގައިވާ  ޔުނައިޑެޓް ފުޑް ސަޕްލައިސް އިން ރީޓެއިލް ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރައާއި ގުޅޭ ގޮތުން ޔުނައިޓެޑް ފުޑް ސަޕްލައިސްގެ ބިސްނަސް ޑިވެލޮޕްމެންޓް މެނޭޖަރ ހަސަން ސައީދު ވިދާޅުވީ، މި ފިހާރައިން ލިބެން ހުންނާނެ ބާވަތްތަކަކީ އާންމުކޮށް މާކެޓުގައި ލިބެން ހުންނަ ބާވަތްތަކަށް ވުރެ ސިއްހީ ގޮތުން ރައްކާތެރި ބާވަތްތަކެއް ކަމަށެވެ.

" އަޅުގަނޑުމެން ރާއްޖެއިން އެތެރެކުރާ މުދަލުގެ ބާވަތްތައް އެކްސްޕީރިއެންސް ކުރަން ބޭނުންވާ ފަރާތްތަކަށް އެތަކެތި އެކްސްޕީރިއެންސް ކުރެވޭނެ ގޮތެއް ހަމަޖައްސާލަ ދިނުން ވެސް ހިމެނޭ މިފަދަ ފިހާރައެއް ހުޅުވުމަށް. ފިހާރައިން މައިގަނޑު ގޮތެއްގައި ތާޒާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ސްވިޒަލެންޑްގެ އެމީ މިލްކާއި އެމީ ޔޯގަޓް ލިބެން ހުންނާނެ. އޭގެ އިތުރުން ސްވިސް އޮރިޖިން ޗޮކްލެޓް ލިބެން ހުންނާނެ." ހަސަން ސައީދު ވިދާޅުވިއެވެ.

 ކުރިއަށް އޮތްތަނުގައި ފިހާރައިން ލިބޭ ބާވަތްތައް އިތުރު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަލަށް ފަށައިގަންނަ ފިހާރައަކަށް ބަލާ އިރު ވިޔަފާރިވެސް ވަރަށް ރަގަޅު ކަމަށާއި ރިޕީޓް ކަސްޓަމަރުން ވެސް އިތުރުވެފައިވާ ކަން އޭނާ ފާހަގަކުރިއެވެ.

މި ފިހާރައަކީ ފިސާރި ދުޅަހެޔޮ ވިސްނުމުގެ ދަށުން ޔުނައިޓެޑް ފުޑް ސަޕްލައިސް އިން ހުޅުވާފައިވާ ފިހާރައެކެވެ.

ޔުނައިޓެޑް ފުޑް ސަޕްލައިސް އިން ލިބޭ އަނެއް ޕްރޮޑަކްޓަކީ ފަރާންސްގެ ޑޫ ބްރޭންޑްގެ ކުކުޅާއި ޓަރކީ އެވެ. ޑޫ ބްރޭންޑަކީ ޔޫރަޕްގެ ސްޓޭންޑަރޑްތަކަށް ފުރިހަމައަށް ބެލިގެން ފްރާންސްގައި ވިހައި ބޮޑެތި ކޮށް ހަލާލު ގޮތުގައި ކަތިލާއި ޕްރޮސެސް ކުރުމުގެ ހުރިހާ މަރުހަލާއެއް އީޔޫގެ މިންގަނޑަތަކަށް ފެތޭ ޕްރޮޑަކްޓެކެވެ.

މީގެ އިތުރުން ޗީޒް އާއި ބްރީ، ގޫޑާ، ފިލަޑެލްފިޔާ އާއި ބަފަލޯ މޮޒަރެއްލާ ވެސް މި ފިހާރައިން ލިބެން ހުންނާނެ އެވެ. އާންމުކޮށް މާލޭގައި ތަކެތި ވިއްކާ ފިހާރަތަކާއި ހިލާފަށް ޔުނައިޑެޓް އިން ލިބެން ހުންނަ އެމީ ޔޯގަޓް އާއި ކިރު އަދި ސްވިސް ޗޮކްލެޓަކީ ސްވިސް ސްޓޭންޑާޑް އަށް ފެތުމުގެ ސަބަބުން ސްވިސް ލޯގޯ ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ޕްރޮޑަކްޓްތަކެކެވެ.

ޔުނައިޓެޑް ޝޮޕްގައި ވިއްކާ ޕްރޮޑަކްޓްތައް އެކްސްޕީރިއެންސް ކޮށްލުމުގެ ފުރުސަތު ދެވިފައިވާ އިރު ފްރެޝް ސޭންޑްވިޗަސް އާއި ސްމޫތީސް އާއި ސެލެޑްސް އާއި ކްރޮސޯންސް ފަދަ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެފިހާރައިން ބުނެ އެވެ.

 

 

 

- ކޮމެންޓް