ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 23:38
މުސްތަފާ ލުތުފީ
މުސްތަފާ ލުތުފީ
ރާއްޖެއެމްވީ
ފަލަސުރުހީ
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
 
އިންގިލާބު ގެންނަން ޖެހެނީ ދައުލަތުގެ މުވައްސަސާތައް ފެއިލްވެ، ދަރަނި ބޮޑުވާތީ
 
އިދިކޮޅު ޕާޓީތަކަށް ނޭވާ ނުލެވޭގޮތަށް މިހާރު ވަނި ހަދާފަ
 
ސަރުކާރު ޖަވާބުދާރީކުރުވަންޖެހޭ ހުރިހާ މުއައްސަސާއެއް ވަނީ ފެއިލްވެފައި

ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް، އިންޤިލާބެއް ގެންނަންޖެހޭކަމަށް އިދިކޮޅު އިއްތިހާދުގެ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަންޖެހޭ ހުރިހާ މުއައްސަސާއެއް ވަނީ ފެއިލްވެފައި ކަމަށެވެ. އެގޮތުން މުސްތަފާ ވިދާޅުވީ ސަރުކާރުން ޖަވާބުދާރީކުރުވައި، ޒިންމާދާރުކުރުމަށް އުފައްދާފައިވާ ހުރިހާ މުއައްސަސާއެއްގެ މެމްބަރުންގެ ވަނީ މިނިވަންކަން ގެއްލިފައިކަމަށެވެ.

އޭނާ ވިދާޅުވީ، މިއަދުގެ ހާލަތަށް ބަލާއިރު، ސަރުކާރުން ޒިންމާދާރުކޮށް، ޖަވާބުދާރީކުރެވޭނެ ހަމައެކަނި އިދަރާއަކީ ސިޔާސީ ޕާޓީތައްކަމަށެވެ. ނަމަވެސް މުސްތަފާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކަށް "ނޭވާ ނުލެވޭގޮތް" މިހާރު ވަނީ ހަދައިފަ އެވެ.

"އެއްވެސް ތަނެއްގައި ޖަލްސާއެއް ނުބޭއްވެ. އެއްވެސް ތަނަކަށް އެކެއް ނުވެވޭ. ހުރހާ ގޮތަކުން ސިޔާސީ ޕާޓީތައް ވަނީ ފިއްތާލާފައި" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ސަރުކާރު ޒިންމާދަރުކުރަން އޮތް މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވަލާފައި ވާއިރު، އެކަންކުރަން ތިބި ހަމައެކަނި ބަޔަކީ ރައްޔިތުން ކަމަށެވެ. އަދި މިހާރު ޤައުމު އޮތް ހާލަތަށް ބަލާއިރު، ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، އިންޤިލާބަކުން ޤައުމުގެ ހާލަތު ރަނަގަޅުކުރަންޖެހެނީ، ދައުލަތް އެއްކޮށް، ވީރާނާކޮށް ހަލާކުކޮށްލައިފައިވާތި ކަމަށެވެ. އަދި ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވެ، ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިފައިވާކަމަށް މުސްތަފާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ