ކ. މާލެ
|
20 ޖޫން 2018 | ބުދަ 18:50
ދިރާގު ޕޭގެ ހިދުމަތް ތައާރަފް ކުރުމުގެ ތެރެއިން
ދިރާގު ޕޭގެ ހިދުމަތް ތައާރަފް ކުރުމުގެ ތެރެއިން
ފާތިމަތު ޝަނާ މުހައްމަދު
ދިރާގު ޕޭ
ދިރާގު ޕޭ ޓެކްސީ ޕްރޮމޯޝަން ފަށައިފި
25 ޓެކްސީއިން ޚިދުމަތް ހޯދުމަށްފަހު އެއަށް ދިރާގު ޕޭއިން ފައިސާ ދެއްކުމުން މިޕްރޮމޯޝަންގައި ބައިވެރިވެވޭނެ
ގުރުއަތުލުމުން 10 ނަސީބުވެރިންގެ ޕޭ ވޮލެޓަށް 1500 ރުފިޔާ ލިބޭނެ
މިޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހު 30 ގެ ނިޔަލަށް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން "ދިރާގު ޕޭ" ގެ މުޅިން އާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ދިރާގު ޕޭ ޓެކްސީ"ގެ ނަމުގައި ފެށި މިޕްރޮމޯޝަންގެ ދަށުން ދިރާގު ޕޭ ބޭނުން ކޮށްގެން 25 ޓެކްސީއިން ޚިދުމަތް ހޯދުމަށްފަހު އެއަށް ދިރާގު ޕޭއިން ފައިސާ ދެއްކުމުން މިޕްރޮމޯޝަންގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ގުރުއަތުލުމުގައި ވެސް ބައިވެރިވެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މިޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ މެދުގައި ނެގޭ ގުރުއަތުލުމުން 10 ނަސީބުވެރިންގެ ޕޭ ވޮލެޓަށް 1500 ރުފިޔާ ލިބޭނެ ކަމަށެވެ.

ދިރާގު ޕޭ ޓެކްސީ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް