ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 17:32
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ގޫގުލް
ލޯކަލް ކައުންސިލް އިންތިހާބު
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
 
މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިން ޝަކުވާ ބަލައިގަންނާނެ
 
ޝައުވާ ހުށަހެޅޭނީ ދުވަހެއްގެ ހެނދުނު 08.00 އިން މެންދުރު ފަހު 03.00 އަށް
 
ލިސްޓަށް އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް އިއުލާނުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިއަލަށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

 

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް އިއުލާނުކޮށްފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިއަލަށެވެ.

 

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08.00 އިން މެންދުރު ފަހު 03.00 އަށެވެ.

 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ.

 

ލިސްޓަށް ހުށަހަޅާ ޝަކުވާތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އިންތިޚާބީ މަރުކަޒު ކަމުގައިވާ ކުރީގެ ޖަމާލުއްދީން އިމާރާތުން އެކަނި ބަލައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި އިލެކްޝަން ކޮމިޝަންގެ އިދާރާއިން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައި ނުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

 

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި