ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 14:58
ބެލްރޯއި ބްރޭންޑްގެ ލެދަރ ވޮލެޓް...
ބެލްރޯއި ބްރޭންޑްގެ ލެދަރ ވޮލެޓް...
މުހައްމަދު ޝަރުހާން
ލެކިއުޓް
ޖީބަށް ލުއި ހިމަ ވޮލެޓެއް ލެކިއުޓް އިން ތައާރަފުކޮށްފި
ބެލްރޯއިގެ ވޮލެޓަކީ ޖީބަށް ލުއި ހިމަ ވޮލެޓެއް
ބެލްރޯއި ވޮލެޓްސް މިހާރު ދުނިޔޭގެ 100 އެތައް ގައުމަކުން ލިބެން ހުރޭ

އޮރިޖިނަލް ސެންޓްގެ ވިޔަފާތި ކުރަމުން އަންނަ ލެކިއުޓް އިން ބެލްރޯއި ބްރޭންޑްގެ ލެދަރ ވޮލެޓް ރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

ލެކިއުޓުން ބުނި ގޮތުގައި ބެލްރޯއިގެ ބޭނުމަކީ ވޮލެޓްގަ ބަހައްޓަންޖެހޭ ރުފިޔާ އާއި، ކާޑާއި އަދިވެސް އެހެން ސާމާނުގެ އަދަދު މަދުނުކޮށް، ޖީބަށްލުއި އަދި ހިމަ ވޮލެޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.  މިކަމަށް ހައްލެއް ހޯދުމަށް ކުންފުނިން ވަނީ އެތައް ދުވަހެއްގެ ތަހުލީލު ޑިޒައިން ކުރުމުގަ ހޭދަކޮށްފައެވެ.

ބެލްރޯއި ވޮލެޓް މިހާރު ދުނިޔޭގެ  100  އެތައް ޤައުމަކުން ލިބެން ހުރެއެވެ.

ވޮލެޓްގެ އިތުރުން ކްލަޗް، ދަބަސް، ކާޑް ހޯލްޑަރ، ޕާސްޕޯޓް ސްލީވް، ތަޅުދަނޑި ކަވަރު އަދި ފަންސުރު ފޮށި ވެސް ބެލްރޯއި އިން އުފައްދާ މި ހުރިހާ އެއްޗެއްގެ ވެސް ތަފާތު ކުލަތައް ހުރުމުން، ކޮންމެ ކަސްޓަމަރަކަށް ވެސް ބޭނުންވާ ކުލަ އަދި ޑިޒައިން ޙިޔާރު ކުރެވެއެވެ.

ބެލްރޯއިގެ ތަފާތު ވައްތަރުގެ ވޮލެޓް އަދި އެހެނިހެން ތަކެތި އެކްސްކްލޫސިވްކޮށް ލިބެން ހުންނާނީ ލެކިއުޓް ފްލެގްޝިޕް ސްޓޯރ މަޖީދީމަދު، ލެކިއުޓް.ކޮމް، އަދި ލެކިއުޓް އެޕް އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް