ކ. މާލެ
|
18 ޖޫން 2018 | ހޯމަ 12:32
\'އިންކްރެޑިބްލްސް 2\'ގެ މަންޒަރެއް
'އިންކްރެޑިބްލްސް 2'ގެ މަންޒަރެއް
ގޫގުލް
އިންކްރެޑިބަލްސް 2
ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓްޑް ފިލްމަކަށް 'އިންކްރެޑިބްލްސް 2'
'އިންކްރެޑިބްލްސް 2' ރިލީޒްކޮށްފައި ވަނީ ޖޫން 5 ގައި
މިއީ ސުޕަރހީރޯ އާއިލާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް

ރިލީޒް ކުރި ހަފްތާ ބަންދުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމްގެ ރެކޯޑް ފިކްސަރގެ 'އިންކްރެޑިބްލްސް 2' އިން މުގުރާލައިފިއެވެ.

ޖޫން 15 ގައި ރިލީޒް ކުރި 'އިންކްރެޑިބްލްސް 2' އަށް ފުރަތަމަ ހަފްތާ ބަންދުގައި، އެމެރިކާ އިން އެކަނި، 180 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ ކުރިން 135 މިލިއަން ޑޮލަރާ އެކު އެ ރިކޯޑް އޮތީ 2016 ވަނަ އަހަރު ރިލީޒް ކުރި 'ފައިންޑިންގ ޑޯރީ" އަތުގައެވެ. އެއީ ވެސް ޕިކްސަރގެ ފިލްމެކެވެ.

މިހާތަނަށް 'އިންކްރެޑިބްލްސް 2' އަށް 231.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، މި ފިލްމަކީ ރިލީޒްކުރި ހަފްތާ ބަންދުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އަށް ވަނަ ފިލްމެވެ.

މީގެ އިތުރުން،މި ފިލްމް ވެގެން ދިޔައީ ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ޕީޖީ-ރޭޓެޑް ފިލްމަށެވެ. ކުރިން އެ ރެކޯޑް އޮތީ 2017 ވަނަ އަަހަރު ރިލީޒްކޮށްފައިވާ 'ބިއުޓީ އެންޑް ދަ ބީސްޓް' އަތުގައެވެ. އެއީ 174.6 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުއެވެ.

ބޮކްސް އޮފީހުގައި ކާމިޔާބީތައް ހޯދާފައިވާ މާވެލްސްގެ 'އެވެންޖަރސް: އިންފިނިޓީ ވޯރ' އަދި 'ބްލެކް ޕެންތަރ' ފަދައިން 'އިންކްރެޑިބްލްސް 2' އަކީ ވެސް ކާމިޔާބު ސުޕަރހީރޯ ފިލްމެކެވެ.

ބްރެޑް ބަރޑް ލިޔެ ޑައިރެކްޓްކޮށްފައިވާ 'އިންކްރެޑިބްލްސް' ފިލްމަތަކަކީ ޕާރ ނަމަކަށް ކިޔާ އާއިލާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމްތަކެކެވެ. 'ސިވިލިއަން ފެމިލީ ލައިފް' އެއް ގެންގުޅޭ މި އާއިލާ އިން މަސައްކަތް ކުރަނީ ސުޕަރހީރޯ އިންނަށް އާންމުން ކުރާ އިތުބާރު އަލުން ހޯދުމަށެވެ.

މީގެ ފުރަތަމަ ފިލްމް ރިލީޒްކޮށްފައި ވަނީ 2004 ވަނަ އަހަރެވެ. އަދި 'އިންކްރެޑިބްލްސް 2' އިން އެ ފިލްމްގެ އޮރިޖިނަލް ކާސްޓްގެ އަޑުތައް އިވިގެންދެއެވެ.

- ކޮމެންޓް