ކ. މާލެ
|
18 ޖޫން 2018 | ހޯމަ 08:27
ރަންވީރު ސިންގް އާއި ދިޕިކާ ޕަޑުކޯން
ރަންވީރު ސިންގް އާއި ދިޕިކާ ޕަޑުކޯން
ގޫގުލް
ބޮލީވުޑް
ރަންވީރަކީ ދީޕިކާގެ މީހެއް ކަމަށް އެންމެ ފަހުން އެއްބަސްވީތަ؟
 
މީގެ ކުރިން ދީޕިކާ ރަންވީރުގެ ފޮޓޯ ތަކަށް އާންމުކޮށް ކޮމެންޓް ކޮށެއް ނޫޅެ

ބޮލީވުޑްގެ ތަރި ދިޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގްގެ ލޯބީގެ ވާހަކަ ދެކެވޭތާ އަހަރު ތަކެއް ވަނީ ވެފައެވެ.ނަމަވެސް މި ދެ ތަރިން ރައްޓެހިވެގެން އުޅޭ ވާހަކަ ފާޅުގައި މި ދެތަރިންގެ ތެރެއިން އެކަކު ވެސް ހާމަކޮށްފައެއް ނުވެއެވެ.

ދިޕިކާ، އޭނާ އާއި ރަންވީރުގެ ލޯބީގެ ގުޅުން މީގެ ކުރިން މީޑީއާ އާއި ހިއްސާކޮށްފައި ނުވި ނަމަވެސް ރަންވީރު ދާދި ފަހުން އިންސްޓަރގްރާމްގައި ޝެއާ ކޮށްފައިވާ ފޮޓޯއިން އެދެމީހުންގެ ގުޅުން މިވަނީ ހާމަ ވެގެން ގޮސްފައެވެ.

ރަންވީރު ވަނީ އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލާ މޭމަތި ފެންނަ ގޮތަށް ނަގާފައިވާ ފިރިހެންވަންތަކަން ދައްކުވައިދޭ ފޮޓޯއަށް ދީފިކާ ކޮށްފައިވާ ކޮމެންޓްގައި "މައިން" (އޭނާ މީހެއް ކަމަށް) ޖެހުމަށްފަހު ތިން ހާޓް އައިޒް އިމޯޖީ ވަނީ ޖަހާފައެވެ.

މި ފޮޓޯއަށް ދީޕިކާ ކޮމެންޓް ކޮށްފައިވާއިރު މީގެ ކުރިން ދީޕިކާ ރަންވީރުގެ ފޮޓޯތަކަށް އާންމުކޮށް ކޮމެންޓް ކޮށެއް ނޫޅެއެވެ.

ނަމަވެސް ރަންވީރު ދަނީ އާންމުކޮށް ދިޕިކާގެ ފޮޓޯތަކަށް ކޮމެންޓް ކުރަމުންނެވެ.

ދިޕީކާ އާއި ރަންވީރުގެ ލޯބީގެ ގުޅުން ފެށިގައިވަނީ އޭނާ ރަންވީރާއި އެކު ކުޅެފައިވާ ސަންޖޭލީލާ ބަންސާލީގެ "ގޮލިއޯންކީ ރަސީލާ- ރާމް ލީލާ" ގެ ޝޫޓިން ކުރިއަށް ދިޔައިރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ފަހުން މިދެތަރިން އެކުގައި ވަނީ "ބަޖީރާއޯ މަސްތާނީ" އަދި "ޕަދްމާވަތީ" ގައި ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
33%
67%
ކޮމެންޓް