ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 22:09
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް
ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް
ސޯޝަލް މީޑިއާ
ސިއްހީ ސިޔާސަތު
ގޯހީ ޓްރީ ޓޮޕެއް ނޫން، ސަރުކާރުގެ ސިިއްހީ ސިޔާސަތު!
 
ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ވިޔަފާރިވެރިންނަށް އޭގެ ނާޖާއިޒް ފައިދާ ލިބޭ
 
މެޑިކަލް ޓޫރިޒަމަށް ޚާއްސަތަނެއްކަމަށް ބައެއް ފަރާތްތަކުން ދެކޭ
 
ޓްރީޓޮޕަކީ މަތީފަންތީގެ ޚިދުމަތްދޭ ތަނެއް

ޓްރީޓޮޕް ހޮސްޕިޓަލުގައި އޮތް ޒުވާނެއްގެ ބިލަށް 3 ލައްކައަށްވުރެ ގިނަ ރުފިޔާ އަރައި، އެބިލް ނުދެއްކިގެން އެތަނުން ނުނެރެވި އޮތް ވާހަކަ އަކީ ރާއްޖޭގެ މީޑިއާގައި މިހާރު ބޮޑު އަކުރުން ލިޔަމުންދާ ޚަބަރެކެވެ. އެއާއިއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ހީވީ ޓްރީ ޓޮޕް ހޮސްޕިޓަލް 'ކާލަފާނެ' ހެންނެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ އަގު ބޮޑޭ، ރައްޔިތުންނަށް އެހެން ހަދާކަށްނުވާނެއޭ ބުނެ ވަރަށް ގިނަ މީހުން ވަރަށް ގިނަ ވާހަކަ ދެއްކިއެވެ.

އެހެންނަމަވެސް އަޅުގަނޑުގެ ޚިޔާލު އެކަމުގައި ތަންކޮޅެއް ތަފާތެވެ. އެންމެންގެ ވިސްނުން އެއްގޮތް ވާކަށް ނުޖެހެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. އެތަނުގައި ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުން ތިބިއިރު، ރާއްޖެއިން މީގެ ކުރިން ނުލިބޭ އެތައް ޚިދުމަތެއް އެތަނުން ލިބެއެވެ. ޓްރީޓޮޕްގެ ވިޔަފާރީގެ މޮޑެލަަށް ބަލާއިރު، އެއީ މަތީފަންތީގެ ކަސްޓަމަރުންނަށް ޚިދުމަތްދޭން ތައްޔާރުކޮށްފައިވާ ތަނެއްކަން އެތަނުން ޚިދުމަތް ހޯދަން ދާ ކޮންމެ މީހަކަށް އެނގޭނެއެވެ. އެހެންކަމުން އެތަނުން ދޭ ޚިދުމަތްތަކުގެ އަގު ބޮޑުވާނެއެވެ. މެދު ފަންތީގެ އާއްމު ދިވެހި ރައްޔިތުންނަށް އެތަނުގެ ޚިދުމަތްތަކުގެ އަގު ތަންކޮޅެއް ބޮޑުވެދާނެއެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން ބެންކޮކުން، ނުވަތަ ސިންގަޕޫރުން ސިއްހީ ޚިދުމަތް ހޯދަން ދާނަމަ، އަތުން ޚަރަދުވާ މިންވަރު އެއަށްވުރެ ބޮޑުވާނެކަން ޔަޤީނެވެ. މީގެ މިސާލަކީ މާލޭގައި ހުންނަ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް، މާލޭގައި ހުންނަ އަމިއްލަ ހޮސްޕިޓަލުން އެއަށްވުރެ ތަންކޮޅެއް ބޮޑު އަގެއްގައި ދިނުމެވެ. މިއީކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. 

ޓްރީޓޮޕްގެ ޚިދުމަތްތަކުގެ އަގުތައް، އެތަނުން ދެމުން އަންނަ ޚިދުމަތްތަކާއި، ޚިދުމަތްތަކުގެ ފެންވަރާ އަޅާބަލާއިރު، އަދި ސިންގަޕޫރާއި ތައިލެންޑްގެ މަތީފަންތީގެ ހޮސްޕިޓަލްތަކާއި އަޅާކިޔާއިރު، މާކަބޮޑުތަނުން ބޮޑެކޭ ނުދެންނެވޭނެއެވެ. އާސަންދަ ޚިދުމަތާއި ނުލައި އެއަގު ބިލެއްގައި ޖަހާފައި ޚިދުމަތް ހޯދާ މީހާއަށް ދިނުމުން، އެއަގު ބޮޑުވެދާނެއެވެ. 

އެންމެ ފަހުން ދިމާވެގެން މިއުޅޭ މައްސަލައަށްވެސް ބަލާލާމާ ހިނގާށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ދެވެން ނެތް ޚިދުމަތްތަކެއް ހޯދުމަށް ޓްރީޓޮޕަށް ބަދަލުކުރުމުން، ބިލަށް 3 ލައްކައެއްހާ ރުފިޔާ އެރީއެވެ. އެއީ އާސަންދައާއި ނުލައެވެ. މިވަރުގެ ބޮޑު ބިލެއް އެރީ އެންމެ ސްކޭނެއް ހަދަންކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚަބަރު ފެތުރިއެވެ. އެހެންނަމަވެސް ހަޤީގަތަކީ ރާއްޖެއިން މީގެ ކުރިން ނުކުރެވޭ އެތައް ސަރޖަރީތަކެއް ހެދިކަމެވެ. އަދި އެތަނުގައި އެޑްމިޓްކޮށްފައި އޮންނައިރު ބިލަށް ކޮންމެ ދުވަހަކު އިތުރުވަމުން ދާނެއެވެ. 

ހުޅުމާލޭ ހޮސްޕިޓަލުން ނުލިބުނު އެޚިދުމަތްތައް ހޯދުމަށް ރާއްޖެއިން ބޭރަށް ގޮސް، ރާއްޖެއިން ބޭރުން އެސަރޖަރީތަކާއި ޚިިދުމަތްތައް ހޯދިނަމަ، 3 ލައްކައަށްވުރެ މާ ބޮޑު އަދަދެއް ބިލަށް އަރާނެކަން ކަށަވަރެވެ.

ޓްރީޓޮޕުން އެހޮސްޕިޓަލުގެ ބިލަށް 30 އިންސައްތަ ޑިސްކައުންޓް ދިން ވާހަކަ އާއިލާއިން ބުންޏެވެ. އެއީ ވަރަށް ބޮޑު އަދަދެކެވެ. އެވަރުގެ ހޮސްޕިޓަލަކުން އެވަރުގެ ކަމެއް ކުރުމުން ބަލައިގަންނަން ޖެހެއެވެ. 

މީގައި މައްސަލައަކީ ސަރުކާރުގެ ސިއްހީ ސިޔާސަތެވެ. މަތީފަންތީގެ ހޮސްޕިޓަލްތަކުން ދޭ ޚިދުމަތް ސަރުކާރުގެ ހޮސްޕިޓަލުން ނުދެވެނީ ކީއްވެތޯއެވެ؟ އަމިއްލަ ހޮސްޕިޓަލަކަށް އެޚިދުމަތް ދެވޭއިރު، ސަރުކާރަށް އެކަން ނުކުރެވެންވީ ކީއްވެތޯއެވެ؟ ހުސްނުވާ އާސަންދައޭ ކިޔާއިރު، ރާއްޖެއިން ލިބެން ހުރި ބޮޑެތި ފަރުވާ ފޯރުކޮށްދޭ ތަންތަނުން އެޚިދުމަތް ރައްޔިތުންނަށް ހެޔޮ އަގުގައި ލިބޭނެފަދަ އިންތިޒާމެއް ނެތީ ކީއްވެތޯއެވެ؟ 

ކުޅުދުއްފުށީގައި އާއްމު ރައްޔިތުންނަށް އަތްފޯރާ ހިސާބެއްގައި ޚިދުމަތްދެވޭނެ ޓަރޝަރީ ހޮސްޕިޓަލެއް ޤާއިމް ނުކުރެވުނީ ކީއްވެތޯއެވެ؟ އައްޑޫގައި އެކަން ނުކުރެވެނީ ކީއްވެތޯއެވެ؟ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް އެޚަރަދުކުރި އަދަދަކީ ހަމަގައިމުވެސް އައިޖީއެމްއެޗްގައި ޓްރީޓޮޕުން އެދޭ ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސިދާނެ އަދަދެކެވެ.

ތެދުވާހަކައެކެވެ. ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވަމުން އެތަނުގެ ވެރިން ދެއްކެވި ވާހަކައިން ދިވެހިންނަށް ހީވީ، އެހުޅުވަނީ ދިވެހިންނަށް ޚާއްސަ ތަނެއްކަމަށެވެ. އެހެންނަމަވެސް ހަޤީގަތަކީ އެއީ މެޑިކަލް ޓޫރިޒަމަށް ޚާއްސަ ތަނެއްކަމެވެ. އެއީ މަތީފަންތީގެ ޚިދުމަތް ފޯރުކޮށްދޭ ތަނެއްކަމެވެ. އެހެންކަމުން، މިކަމުގައި އަޅުގަނޑަށް ގޯހީ ޓްރީޓޮޕެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތެވެ. ސަރުކާރުގެ ސިއްހީ ސިޔާސަތު ފެއިލްވެފައިވާކަމެވެ. އެކަމުގެ ނާޖާއިޒް ފައިދާ ބޮޑެތި ވިޔަފާރިވެރިން ނަގަމުންދަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
10%
0%
90%
ކޮމެންޓް
21 ޖޫން 2018 | ބުރާސްފަތި 04:12
Traveller
Varah rangalhalhu liyumeh .
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ