ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 08:09
މަލަހިނި ޓީމް
މަލަހިނި ޓީމް
އުރީދޫ
އުރީދޫ މަސް ރޭސް
މަލަހިނި ޓީމް އުރީދޫ މަސްރޭސް ކާމިޔާބުކޮށް ތިންލައްކަ ރުފިޔާގެ އިނާމް ހޯދައިފި
ޗެމްޕިއަން ޓީމަށް ލިބިފައިވާ އިނާމު ތަކުގެ ތެރޭގައި، 175،000 ރ. ގެ މަހަށްދާ ލޯންޗަކާއި، 150،000ރުފިޔާގެ އެވިންރޫޑް ބްރޭންޑުގެ 60 ހޯސް ޕަވަރ އިންޖީނެއް ހިމެނޭ

ރާއްޖޭ ގައި ބާއްވޭ އެންމެ ބޮޑު މަސް ރޭސް ކަމުގައިވާ އޫރިދޫ މަސް ރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި ވާދަކޮށް، ޓީމް މަލަހިނި އިން މުބާރާތް ކާމިޔާބު ކޮށްފިއެވެ.

އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމަށް ލިބިފައިވާ އިނާމު ތަކުގެ ތެރޭގައި، 175،000 ރ. ގެ މަހަށްދާ ލޯންޗަކާއި، 150،000ރުފިޔާގެ އެވިންރޫޑް ބްރޭންޑުގެ 60 ހޯސް ޕަވަރ އިންޖީނެއް ހިމެނެއެވެ.

ޓީމް މަލަހިނީގެ އިތުރުން އުރީދޫ މަސްރޭހުގެ ފައިނަލްގައި ވާދަކޮށްފައިވާ ފަސް ޓީމަކީ ޓީމް މިލައިދޫ، ޓީމް ތާޖް އެގްޒޯޓިކާ، ޓީމް އެޗްޑީސީ، ޓީމް ސްޓެލްކޯ އަދި ޓީމް އެންޒީ އެވެ. މުބާރާތުގެ ދެވަނަ އަށް ގޮސްފައިވަނީ ޓީމް މިލައިދޫ، އަދި ތިންވަނަ ލިބިފައިވަނީ ޓީމް އެންޒީ އެވެ.      

އުރީދޫ މަސްރޭހުގެ އެންމެ "ތަފާތު މާކެޔޮޅު"ގެ އިނާމު ލިބިފައިވަނީ، ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނައެއް ބޭނި، ޓީމް މިލައިދޫގެ އަބްދުލް ހާދީ މުހައްމަދު އަށެވެ. އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައިވަނީ، 10.5 ކިލޯގެ ހަންޖެއް ބޭނި، ޓީމް މަލަހިނީގެ ނަޝާމާ މުހައްމަދު އެވެ. މި ދެ މީހުންނަށްވެސް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.

އުރީދޫ މަސް ރޭސް 2018 ނިމިފައިވާ އިރު، އަންނަ އަހަރުގެ މަސްރޭހުގައި ގިނަ ޓީމްތަކެއް ބައިވެރިވުމަށް އެކުންފުނިން ވަނީ ދައުވަތު އަރުވާފައެވެ.

- ކޮމެންޓް