ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 00:06
ްބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް
ްބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް
ރާއްޖެއެމްވީ
ސްވިމިންގ
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
 
މޫސާ އަކީ ފެތުމާއި ކުޅިވަރުގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތެއް
 
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ވަނީ ހަމަޖައްސައިފަ

ސްވިމިން ގައުމީ ހެޑް ކޯޗުގެ މަގާމަށް އިބްރާހިމް މޫސާ ހަމަޖައްސައި، ޖޫނިއަރ އަދި ސީނިއަރ ފެތުންތެރިންގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ކުރިން ޤައުމީ އެސިސްޓަންޓް ކޯޗުގެ މަޤާމުގައި ހުރި އިބްރާހިމް މޫސާ އަކީ، ފެތުމާއި ކުޅިވަރުގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފެތުމުގެ ދާއިރާގައި ތަޖުރިބާހުރި ކޯޗެކެވެ.

60 ފެތުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ގައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ގައުމީ ސްކޮޑްތަކުގެ ފެތުންތެރިންގެ ތެރެއިން ބައެއް ފެތުންތެރިން ރާއްޖޭގައި މިވަގުތު ހިނގަމުންދާ ސްވިމިންގ ކްލަބް ތަކުގެތެރެއިން ދެ ކްލަބެއްގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ފުރިހަމަކުރަމުން ގެންދާނެ އެވެ. އެއީ މުހައްމަދު ޒާހިދުގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ކުރިއަށްގެންދާ މޯލްޑިވްސް ލައިފް ގާރޑް އެސޯސިއޭޝަނާއި އިސްމާއިލް ފަރުހާންގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ކުރިއަށްގެންދާ ނިއު ލެގޫންސް ސްވިމިންގ ކްލަބްގެ ފަރާތުންނެވެ.

މީގެ އިތުރުން ޤައުމީ ފެތުމުގެ ސީނިއާ ސްކޮޑްގައި ހިމެނޭ ނިޝްވާން އިބްރާހިމް ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕްއެއްގައި ސައުތު އެފްރިކާގެ ޑާބަންގެ ސީގަލްސް ސްވިމިން ކްލަބްގައި ގްރަހަމް ހިލް ގެ ބެލުމުގެ ދަށުންނެވެ. އަދި ގައުމީ ފެތުމުގެ ސީނިއާ ސްކޮޑްގައި ހިމެނޭ އިސްމާޢީލް މުއުތަސިމް އަދުނާން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ސްރީލަންކާގެ ކެންޑީގައި ހިންގަމުންދާ ކޮލޮންބޯ އިންޓަރނޭޝަނަލް ސްކޫލް (ކެންޑީ ބްރާންޗްގެ) ސްވިމިންގ ސްކޮޑްގައި ޔޫ.އެޗް ސުގާތުގެ ބެލުމުގެ ދަށުންނެވެ.

މާލޭގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ ގައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް