ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 13:05
އޭސީސީ އަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހްމަތު ކުރެވޭ
އޭސީސީ އަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހްމަތު ކުރެވޭ
ރާއްޖެއެމްވީ
ވިލާގެ މައްސަލަ
ވިލާގެ މައްސަލަ އޭސީސީން ނިންމުން: ހައިރާނުން ހައިރާން!
 
މައްސަލަތައް ބެލުމުގައި ތަފާތުކުރުން އިންތިހާ
 
އެއީ ސުޕްރީމް ކޯޓަށް ގޮންޖެހުން ކަމަށް ބައެއް ފަރާތްތަކުން ދެކޭ
 
ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމުމުން، އޭސީސީން މައްސަލަ ބެލުމުން ސުވާލު އުފެދޭ

ވިލާ ގްރޫޕްގެ އެކި ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީކުރުމުގައި ލުއިތަަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ސެޓްލްމަންޓް އެގްރިމެންޓް ހަދާފައި ވަނީ ދޭންނުޖެހޭ ބޮޑެތިި ލުއިތަކެއް އެ ކުންފުނިތަކަށް ލިބޭ ގޮތަށް، ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވައި އަދި އެ ކުންފުނިތަކުން 110 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި ވާހަކަ މީޑިއާގައި ވަނީ ފެތުރިފަ އެވެ. މިކަން އޭސީސީން ދޮގުކޮށްފައި ނުވާއިރު، މިގޮތަށް އެ ނިންމުން މި އައީ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށެވެ.

ވިލާއާ އެއްކޮަޅަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު ރަށްތަކުގެ ޖޫރިމަނާ އާއި ކުލީގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ހޯދަަަން މީރާއިން ކުރި ދަޢުވާތައް އަނބުރާ ނަގައި، ފްރީޒްކުރި އެކައުންޓްތައް ވެސް ދޫކޮށްލި އެވެ. ނަމަވެސް މިހާރު އޭސީސީން އެ ވަނީ، އެންމެ ފަހުބަސް ބުނާ ކޯޓުގެ ހުކުމަށް ގޮން ޖައްސަވައި ނިންމުމެއް ނެރެފަ އެވެ. ވިލާއާއެކު ސެޓްލްމެންޓް އެގްރީމެންޓް ހެދުމަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައި ނެތް ކަމާއި، ދޭންނުޖެހޭ ބޮޑެތިި ލުއިތަކެއް ދިން ކަމަށް އޭސީސީން ބުނެ އެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން މި ވާހަކަތަކެއް އޭސީސީން ދައްކާފައެއް ނެތެވެ. އެހެންވެ، މިއީ ސަރުކާރުގެ ނުފޫޒު އޭސީސީގެ މައްޗަށް އޮވެގެން ނިންމި ނިންމުމެއް ކަމަށް ބުނެވޭނެ ފުރުސަތެކެވެ.

 

މި ސަރުކާރުން މީގެ ކުރިން ވެސް ސުޕްރީމް ކޯޓްގެ ހުކުމެއް ތަންފީޒުކޮށްފައި ނުވާއިރު، ވިލާގެ ރަށްތަކުގެ މައްސަލައި ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ފުށުއަރާ ގޮތަށް އޭސީސީން ނިންމުމެއް ނިންމުމަކީ ޝަރުއީ އުސޫލްތަކާ ހިލާފު ކަމެކެވެ. މިއީ ސުޕްރީމް ކޯޓަށް ގޮންޖެހުމެވެ. މި ދަނޑިވަޅުގައި ހިތަށް އަންނަ އެހެން ކަމެއް އެބަ އޮތެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފަށް ނިންމާފައި ހުރި ކަންކަން ކޮމިޝަންގެ މެމްބަރުންނަށް ފެނިވަޑައިނުގަތުމެވެ. މިފަދަ އެންމެ މިސާލަކަށް ބަލާލަމާ ހިނގާށެވެ.

ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި އިނާޔަތްތައް ހަމަޖައްސަންޖެހެނީ ރައްޔިތުންގެ މަޖިލީހުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ މަގާމުތަކާއި މުއައްސާސާތަކުގެ ބޭފުޅުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހެ އެވެ. ނަމަވެސް، އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އަގުހެޔޮކޮށް ލަގްޒަރީ އެޕާޓްމެންޓްދިނުން މައްސަލައަކަށް ނުވި އެވެ. ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންނާއި ލުތުފީ އާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒު މުހްސިން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އަދި އިމްފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރަށް ރެހެންދި ރެސިޑެންސްއިން ފްލެޓް ދިނީ، އިކޮނޮމިކް ކައުންސިލުން ނިންމައިގެންނެވެ. އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު އޭރު ބަލަހައްޓަވަނީ ރައީސް ޔާމީނެވެ. ރައީސް ޔާމީން ނެތް ނަމަ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބް ރައީސްކަން ކުރެއްވި އަހްމަދު އަދީބެވެ.

ފްލެޓް ދިން އުސޫލަކީ، މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނަޒާހަތްތެރިކަން އިތުރުކުރުން ކަމަށް ވިދާޅުވީ އަދީބެވެ. މިއީ ގާނޫނެއް، އަދި ގަވާއިދެއްގައި އޮތް އުސޫލެއް ނޫނެވެ. ނަމަވެސް،  ފްލެޓްތައް ދިނީ ރަނގަޅަށް ކަމަށް އޭސީސީން ނިންމިއިރު، ލުތުފީއަށް ވެސް ލިބިވަޑައިގަތެވެ. މިކަމުގައި ދައުލަތަށް ގެއްލުން ލިބުނެވެ. ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށް ގާނޫނުގައި ބުނެފައިވާ އުސޫލާ ހިލާފަށް ދިން އެޕާޓްމެންޓްތައް ބާޒާރުގެ ހަމަ އަގުގައި ވެސް ވިއްކާލެވޭނެ އެވެ. ނަމަވެސް ހަމަ އަގަށްވުރެ މާކުޑަކޮށް، އަދި ގާނޫނުއަސާސީއާ ހިލާފަށް ދިން މައްސަލަ އޭސީސީއަށް ވެސް، ސަރުކާރަކަށް ވެސް ނުފެނުނެވެ.

ކޯޓްގެ ނިންމުމާ ތައާރަޒުވާ ގޮތަށް އޭސީސީން ވިލާގެ ރަށްތަކާއި ފަޅުތަކުގެ މައްސަލަ ނިންމާފައިވާއިރު، ދައުލަތުގެ ތިޖޫރި ފޫވައްޓާލި އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް ކޮބައިހެއްޔެވެ؟ އެމްއެމްޕީއާރުސީން ރަށްތައް ކުއްޔަށް ދިނީ، އެ ކުންފުނީގެ މެންޑޭޓަށް ރައީސް ޔާމީން ބަދަލު ގެންނެވުމާ ގުޅިގެންނެވެ. އެމްއެމްޕީއާރުސީން ނުއަގުގައި، ދައުލަތަށް ގެއްލުންވާ ގޮތަށް ދޫކޮށްފައިވާ ރަށްތަކުގެ ޒިންމާ އުފުލަން ޖެހުނީ އަދީބެވެ. ރަށްތައް ލިބުނު ފަރާތްތައް ޒިންމާ އުފުލަން ނުޖެހުނެވެ. ނަމަވެސް މިޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިލާގެ ރަށްތަކުގެ މައްސަލައިގައި އަނެއްކާ ވެސް ފައިސާ ދައްކަންޖެހެނީ ވިލާގެ ކުންފުނިތަކުންނެވެ. އޭސީސީގެ އެ ނިންމުމާ ގުޅިގެން ދެން އަންގަންޖެހޭ އެންގުމެއް އަންގާނީ ޓޫރިޒަމް ކަމަށްވެ އެވެ. މިފަހަރު މިގޮތަށް އަމަލުކުރިއިރު، ރަށްތަކުގެ މައްސަލަ، އަދި ރައީސް ޔާމީންގެ ޅިޔަނު، މުހައްމަދު މަނިކު (ބިސް މަނިކު)ގެ ކުންފުންޏަށް ނަސަންދުރާ ދިނީ ގާނޫނާ ހިލާފަށް ކަމަށް ނިންމާފައިވާއިރު، އެކަން ބަލައި ރައްޔިތުންނަށް ހައްގު ހޯދައިދޭން ނޫޅެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ލުތުފީ ވާހަކަ ދައްކަވަނީ: އޭނާ ސަރުކާރުން ފްލެޓް ދިނީ ގާނޫނުއަސާސީއާ ހިލާފަށް، އެ މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ، ފްލެޓް ދިނީ ރަނގަޅަށް ކަމަށް

އަދިވެސް އިތުރު މައްސަލަ އެބަ ހުއްޓެވެ. ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ލާފައިވާ 1 މިލިއަން ޑޮލަރުގެ މައްސަލަ ކޮބައި ހެއްޔެވެ. ފެނަކައިގެ ތެލުގެ މައްސަލަ ކޮބައި ހެއްޔެވެ؟ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން ހާމަކުރާނެ ކަމަށް އޭސީސީން ބުނެފައިވާއިރު، އެ ފައިސާ ލިބުނު ކަމަށް ތުހްމަތު ކުރެވޭ ފަރާތްތަކުން އެޕާޓްމެންޓްތަކާއި ގޯއްޗާއި އޮޑި ދޯނި ފަހަރު ގަންނަމުން ދާއިރު ވެސް، އޭސީސީގެ ރިޕޯޓް އުމަގުވެފައި އޮތީ އެވެ. މިފަދަ އަމަލުތަކަކީ ނަޒާހަތްތެރިކަމުގެ އަމަލުތަކެއް ނޫނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
16 ޖޫން 2018 | ހޮނިހިރު 13:10
Hassan
Padhumavath
16 ޖޫން 2018 | ހޮނިހިރު 13:10
Hassan
Padhumavath
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު