ކ. މާލެ
|
16 ޖޫން 2018 | ހޮނިހިރު 13:27
ސައިނާ ނެހްވާލް އާއި ޝްރައްދާ ކަޕޫރު
ސައިނާ ނެހްވާލް އާއި ޝްރައްދާ ކަޕޫރު
ގޫގުލް
ބޮލީވުޑް
ޝްރައްދާ ބެޑްމިންޓަން ކުޅެން ދަސްކުރަނީ
 
ޓްރެއިން ކުރަމުންދާނީ އިންޑިއަން ޓީމް ހެޑްކޯޗް ޕުލޭލާ ގޯޕީޗާންދްގެ އިރުޝާދުގެ މަތިން
 
އޭނާގެ ހުރި ހިތްވަރެއް މި ފިލްމުގައި ދައްކާނެ

ފަހަކަށް އައިސް ބޮލީވޫޑަށް ތަޢާރަފް ވެފައިވާ ތަރިންގެ ތެރެއިން އެންމެ ހުނަރުވެރި އެއްތަރި ކަމަށްވާ ޝްރައްދާ ކަޕޫރު ބެޑްމިންޓަން ކުޅެން ދަސްކުރަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނާ ބެޑްމިންޓަން ކުޅެން ފަރިތަކުންރުންތައް ކުރިއަށް ގެންދަނީ އޭނާގެ ދެން އަންނަން އޮތް ޕްރޮޖެކްޓަށް ތައްޔާރު ވުމަށެވެ.

އަމޯލް ގުޕްތާ ޑައިރެކްޓްކުރާ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ބިއޮޕިކްއެކެވެ.

މި ފިލްމްގައި ސައިނާ ނެހެވާލްގެ ރޯލް ޝްރައްދާ އެންމެ ފުރިހަމައަށް އަދާކުރުމަށް ސައިނާ ވެސް ބޭނުންވާ ކަމަށް ވެއެވެ.

އެހެން ކަމުން ޝްރައްދާ ޓްރެއިން ކުރަމުންދާނީ އިންޑިއަން ޓީމްގެ ހެޑްކޯޗް ޕުލޭލާ ގޯޕީޗާންދްގެ އިރުޝާދުގެ މަތިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ޝްރައްދާ ބުނެފައި ވަނީ ސައިނާގެ ރޯލަކީ ވަރަށް ޗެލެންޖިން ރޯލެއް ކަމަށާއި އޭނާއަށް ފަސޭހަ ފިލްމަކަށް ވެގެން ނުދާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހުރި ހިތްވަރެއް މި ފިލްމުގައި ދައްކާނެ ކަމަށް ޝްރައްދާ ބުނެފައިވެއެވެ.

ސައިނާގެ ރޯލް ސްކްރީންގައި ދައްކާލަން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ޝްރަދާ ބުނެފައި ވަނީ އިންޑިއާގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލް ކުޅެން ލިބުމަކީ ބޮޑު ނަސީބެއް ކަމަށެވެ.

ޝްރައްދާ ދެން އެންމެ އަވަހަށް ފެނިގެނދާނީ މިއަހަރުގެ އޯގަސްޓް މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދެ ފިލްމް "ސްޓްރީ" އަދި "ބައްޓީ ގުލް މީޓާ ޗާލޫ" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް