ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 19:18
ލެސްޓާ ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ލެސްޓާ ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ގޫގުލް
އިނގިރޭސި ޕްރެމިއަ ލީގު
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
 
ޖިރޫ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ގޯލު ޖަހާފަ
 
ސްވެންސީ އޮތީ 15 ޕޮއިންޓާއެކީ ލީގުގެ ފުލުގަ
 
ޕްރިމިއަ ލީގުގެ ތިންވަނަ މަގާމަށް އާސެނަލް

ސްވެންސީ ސިޓީގެ މައްޗަށް 0-4 ގެ ނަތީޖާއަކުން ކުރި ހޯދައި ޕްރިމިއަ ލީގުގެ ތިންވަނަ މަގާމަށް އާސެނަލް އަރައިފި އެވެ.

މި މޮޅާއެކު އާސެނަލް ލީގުގެ ތިންވަނައިގައި އޮތީ 44 ޕޮއިންޓާއެކު އެވެ. ނަމަވެސް މިރޭ ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ ކުޅޭ މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން އާސެނަލްގެ މަގާމަށް ބަދަލު އައުން އެކަށީގެންވާ ކަމެކެވެ. އާސެނަލް އަތުން ބަލިވި ސްވެންސީ އޮތީ 15 ޕޮއިންޓާއެކީ ލީގުގެ ފުލުގަ އެވެ.

މި މެޗަކީ ސްވެންސީގެ އާ ކޯޗު ޕޯލް ކްލެމެންޓްގެ އިރުޝާދުގެ ދަށުން، ކުޅުނު ފުރަތަމަ މެޗު ކަމަށްވާއިރު މެޗުގެ ކުރީކޮޅު ސްވެންސީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ނަމަވެސް މެޗުގެ 37 ވަނަ މިނެޓްގައި ސްވެންސީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޮލިވިއޭ ޖިރޫ ވަނީ އާސެނަލްއަށް މެޗުގެ ލީޑު ނަގާދީފަ އެވެ. މި ގޯލާއެކީ ޖިރޫ ވަނީ އާސެނަލް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ގޯލު ކާމިޔާބުކޮށްފަ އެވެ.

އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ގޯލަކީ ސްވެންސީގެ ޖެކް ކޯކްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްގެ ތިންވަނަ ގޯލަކީ ވެސް ސްވެންސީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެއްކަން ފާހަގަކޮށްލެވެ އެވެ.

އާސެނަލްގެ ހަތަރުވަނަ ގޯލް 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، އެލެކްސިސް ސަންޗޭޒް އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ގޯލެވެ.

މި މޮޅާއެކީ 2004 ވަނަ އަހަރަށްފަހު، ފުރަތަމަ ފަހަރަށް ޕްރިމިއަ ލީގު ހޯދުމަށް، އާސެނަލްއިން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް