ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 03:42
ބީޖީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)
ބީޖީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް)
ފޭސްބުކް
ފުޓްބޯޅަ
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
 
ޝާޒް ވިކްޓަރީ އަށް ގެނެސްފައި ވަނީ މިސީޒަންގެ ނިޔަލަށް
 
ޝާޒް އަކީ ކުރިން ވިކްޓްރީ އަށް ކުޅުނު ކުޅުންތެރިއެއް

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗަކަށް އެޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ޝާޒްލީ (ޝާޒްލީ) ހަމަޖައްސައިފި އެވެ.
ފާއިތުވި ދުވަސްތަކުގައި ބީޖީ ސްޕޯޓްސް ކުލަބަށް ކޯޗު ކޮށްދިން ޝާޒް ވިކްޓަރީގެ ކޯޗަކަށް ގެނެސްފައި ވަނީ މިސީޒަންގެ ނިޔަލަށެވެ.
އޭއެފްސީގެ ޕުރޯ ލައިސަންސް ލިބިފައިވާ ޝާޒް ވިކްޓަރީގެ ހެޑް ކޯޗަކަށް ހަމަޖެއްސިއިރު، ކުރިއަށް އޮތް ސީޒަނަށް އެޓީމުގެ ފަރިތަކުންތައް ފަށަން ނިންމާފައި ވަނީ މާދަމާ ހަވީރެވެ. އަދި މާދަމާ ހަވީރު ވިކްޓަރީގެ ފަރިތަކުރުންތައް ފަށާއިރު އެކުލަބުން ވަނީ މިސީޒަނަށް ވަރުގަދަ ސްކޮޑެއް ވެސް އެކުލަވާލައިފައެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012ގެ ފަހުން އަޑިއަޅާލާފައިވާއިރު މިދިޔަ އަހަރުގެ ކުރީކޮޅު ހަވާލުވި މެނޭޖްމަންޓާއެކު އެދެވޭ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޖެހުނީ ޕްލޭއޮފް ކުޅެގެންނެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމްއިން ނިންމާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް