ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 14:27
އަހުމަދު އަދީބު: ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދިނީ މަސް ދުވަހަށްފަހު
އަހުމަދު އަދީބު: ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދިނީ މަސް ދުވަހަށްފަހު
މުހައްމަދު ޝަރުހާން
އަހުމަދު އަދީބު
މަސް ދުވަހަށް ފަހު އަދީބަށް ވަކީލުންގެ ފުރުސަތު ދީފި
އާއިލީ ބައްދަލުވުންތައް ވެސް ވަނީ ހަނިކޮށްފައި
ވަކީލުންނަށް މައްސަލަތަކަށް ތައްޔާރު ނުވެވުނު

ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނުދީ އޮތުމަށްފަހު، މަސް ދުވަހަށްފަހުން އަނެއްކާވެސް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އޭނާއަށް އަރުވައިފިއެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަދީބާ ބައްދަލު ކުރުމުގެ ފުރުސަތު ނުދީ އޮތުމަށްފަހު، ހޮނިހިރު ދުވަހު އެމަނިކުފާނާ ބައްދަލު ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސްއިން ދީފައިވާ ކަމަށެވެ. އޭގެ ކުރިން އަދީބާ ބައްދަލު ކުރުމުގެ ފުރުސަތު ދިނީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ.

ސިރާޖު ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ލިބިފައި ނުވާތީ، އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް ތައްޔާރުވުމުގެ ފުރުސަތު ވަކީލުންނަށް ލިބިފައި ނުވާ ކަމަށެވެ. އަދި މާފުށީ ޖަލުގައި އަދީބު ބަންދުކޮށްފައި އޮންނަނީ އެކަހެރިކޮށް ކަމަށްވުމުން، އެއްވެސް މީހަކާ ވާހަކަ ނުދެއްކި އޮތުމުން ނަފްސާނީ ގޮތުން އެމަނިކުފާނަށް އަސަރު ކުރާނެ ކަމަށް ވަކީލު ސިރާޖު ވިދާޅުވިއެވެ.

ތަފާތު އެކި ހުކުމްތަކުގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ ލޮލަށް ގްލުކޮމާ ޖެހި، އޭނާގެ ލޮލުގެ ފެނުން ދައްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް ސިރާޖު ވަނީ "ރާއްޖެއެމްވީ"އާ ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ މަސް ދުވަހުގެ މުއްދަތުގައި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ނުދިނުމުން، ބޭސްފަރުވާއާ ގުޅޭ ގޮތުން އަދީބުގެ ފަރާތްޕުޅުން ހޯދަންޖެހޭ މައުލޫމާތުތައް ނުހޯދުނު ކަމަށެވެ.

މަސް ދުވަހަށްފަހު، ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު އަދީބަށް ދީފައިވާއިރު، އާއިލީ ބައްދަލުވުންތައް އަދީބަށް ދިނުން ވަނީ ހަރުކަށިކޮށްފައެވެ. ހަފްތާއަކު އެއް ފަހަރު އަދީބަށް ދެމުން ގެންދިޔަ އާއިލީ ބައްދަލުވުންތައް މިހާރު ދެމުން ގެންދަނީ މަހަކު އެއްފަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް