ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 09:29
އެމްޑީޕީ ދާއިރާ މަޖިލިސް ތެރެއިން
އެމްޑީޕީ ދާއިރާ މަޖިލިސް ތެރެއިން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީގެ ދާއިރާ މަޖިލިސްތައް ހޮނިހިރު ދުވަހުގެ ރޭ ވެސް ކުރިއަށް ގެންގޮސްފި
ހޮނިހިރު ދުވަހުގެ ރޭ ވަނީ 15 ދާއިރާއެއްގައި ދާއިރާ މަޖިލިސް ބާއްވާފައި

އެމް.ޑީ.ޕީގެ "ދާއިރާ މަޖިލިސް" ހޮނިހިރު ދުވަހުގެ ރޭ ވެސް ކުރިއަށް ގެންގޮސްފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޕާޓީ، އެމްޑީޕީން ބުނި ގޮތުގައި ހޮނިހިރު ދުވަހުގެރޭ 15 ދާއިރާއެއްގެ "ދާއިރާ މަޖިލިސް" ވަނީ ބާއްވާފައެވެ.

ހޮނިހިރު ދުވަހުގެރޭ ބާއްވާފައި ވަނީ ވެލިދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، އަލިފުށީ ދާއިރާ، މަތިވެރީ ދާއިރާ، މާވަށު ދާއިރާ، ގައްދޫ ދާއިރާ، އޭދަފުށީ ދާއިރާ، އައްޑޫ މީދޫ (މަރަދޫ ފޭދޫ) ދާއިރާ، ހިތަދޫ ދެކުނު ދާއިރާ، މަރަދޫ ދާއިރާ، ފޭދޫ ދާއިރާ، ފުވައްމުލަށް މެދު ދާއިރާ، މިލަންދޫ ދާއިރާ، ނޮޅިވަރަމް ދާއިރާ އަދި ކުޑަހުވަދޫ ދާއިރާގެ ބައްދަލުވުމެވެ. 

އެމްޑީޕީން ބުނީ ދާއިރާ މަޖިލިސްތަކުގައި މަޝްވަރާކުރެވުނީ ކުރިއަށް އޮތް ރިޔާސީ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތްތަކާއި، މެނިފެސްޓޯގައި ހިމެނޭ ބައިތަކާއި އަދި މިމަހު ބާއްވަން ހަމަޖެހިފައިވާ ކޮންގްރެސް އާއި ގުޅޭ ގޮތުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް