ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 08:29
ޕީޕީއެމްގެ ސިޒާން އެމްޑީޕީއާ ގުޅި ފޯމް ހަވާލު ކުރަނީ
ޕީޕީއެމްގެ ސިޒާން އެމްޑީޕީއާ ގުޅި ފޯމް ހަވާލު ކުރަނީ
އެމްޑީޕީ
އެމްޑީޕީ
ނޭކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އެމްޑީޕީއަށް
ސޮއި ކުރީ ހޮނިހިރު ދުވަހު
ފޯމާ ހަވާލުވީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

ޕީޕީއެމަށް ނިސްބަތްވާ ހދ. ނޭކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ. 

ޕީޕީއެމްގެ މުހައްމަދު ސިޒާން އެމްޑީޕީއަށް ސޮއިކުރެއްވީ ހޮނިހިރު ދުވަހުއެވެ. ސިޒާންގެ ފޯމާ އެމްޑީޕީން ހަވާލުވަޑައިގަތީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަހުމަދު ޢަބްދުﷲގެ އިތުރުން ހދ. އަތޮޅަށް އަށް ނިސްބަތްވާ އެމްޑީޕީގެ އިސް ސަފުގައި ހިމެނޭ ބައެއް ބޭފުޅުންވެސް ބައިވެރިވިއެވެ.

ސިޒާންއަކީ ޕީޕީއެމުން ހޮވިގެން ނޭކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރެއްވުމުގެ އިތުރުން އެރަށުގައި ހިންގާ ޕީޕީއެމްގެ ބައެއް ހަރަކާތްތަކުގައިވެސް އިސްކޮށް އުޅުނު މީހެކެވެ.

މިފަހަކަށް އައިސް ރަށްރަށުގައި ތިބޭ ޕީޕީއެމްގެ އިސް ބައެއް މީހުން ދަނީ އެމްޑީޕީއާ ގުޅެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
10 ޖޫން 2018 | އާދީއްތަ 05:56
ހިއަމަ
ތިހިރީ ގަމާރު ކަން