ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 01:30
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި މީހަކު ގެންދަނީ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި މީހަކު ގެންދަނީ
ރާއްޖެ އެމްވީ
ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ސީރިއަސްވި 24 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
އޭނާ ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް
އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި
ސައިކަލް ދުއްވި މީހާ ވަނީ ފަރުވާއަށް އޭޑީކޭއަށް ގެނެސްފައި

ހުޅުމާލޭގައި ހޮނިހިރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސްވި ދެ ޒުވާނުންގެ ތެރެއިން އުމުރުން 24 އަހަރުގެ މީހާ ނިޔާވެއްޖެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އެ ޒުވާނާ އަކީ ޖޮގިން ނިންމާފައި ދިޔަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި އެކްސިޑެންޓުގައި އޭނާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއްވީ، އުމުރުން 18 އަހަރުގެ ދެ ޒުވާނަކު ދުއްވި ސައިކަލް ކޮންޓްރޯލުން ނެއްޓިގެން ގޮސް އޭނާ ގައިގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހުގެރޭ 9:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން، ސައިކަލް ދުއްވި އުމުރުން 18 އަހަރުގެ އެކަކަށް ފަރުވާ ދިނުމަށް ވަނީ އޭޑީކޭ އަށް ގެންގޮސްފަ އެވެ. ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ވެސް ގެއްލުންތަކެއް ވެފައިވެއެވެ. އަނެކަކަށް އެހާ ބޮޑު ގެއްލުންތަކެއް ނުވާކަމުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
10 ޖޫން 2018 | އާދީއްތަ 02:11
މައުމޫން ޢަބްދުލް ޤައްޔޫމް
Ellaki tho ballavai dhevvun edhen. Ellaki thah male ga ves heybali vany
9 ޖޫން 2018 | ހޮނިހިރު 22:31
އަހުމަދު
މީ ލަކި ލަކިން ލައިސަންސް ދިނީމަ ވާގޮއި