ކ. މާލެ
|
10 ޖޫން 2018 | އާދީއްތަ 00:17
ހުޅުމާލެ އެކްސިޓެންޓުގައި އަނިޔާވި ޒުވާނާ އެމްބިއުލާންސަށް އަރުވަނީ
ހުޅުމާލެ އެކްސިޓެންޓުގައި އަނިޔާވި ޒުވާނާ އެމްބިއުލާންސަށް އަރުވަނީ
ރާއްޖެ އެމްވީ
ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލޭގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ޒުވާނަކު ސީރިއަސް ހާލަތުގައި
ސައިކަލުން ޖެހުނީ ޖޮގިން ނިންމާފައި ގެއަށް ދަނިކޮށް
އަނިޔާވީ ވެސް ތިން ފިރިހެނުންނަށް
ސީރިއަސް ހާލަތުގައި އޮތް ޒުވާނާ ޓްރީޓޮޕް ހޮސްޕިޓަލަށް

ހުޅުމާލޭގައި ސެންޓްރަލްޕާކު ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ތިން މީހަކަށް އަނިޔާވެ، އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެއެވެ.

ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ ޖޮން ނިންމާލުމަށް ފަހު އެނބުރި ގެއަށް ދިޔަ އުމުރުން 24 އަހަރުގެ ޒުވާނަކަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ، އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިއާ ސޯލިހު ވިދާޅުވީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން، ހިނގާފައި ދިޔަ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށެވެ.

ސީރިއަސް ހާލަތުގައި އޮތް ޒުވާނާ އެމްބިއުލާންސަށް އަރުވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

އާޝިޔާ ވިދާޅުވީ އުމުރުން ހިނގާފައި ދިޔަ ޒުވާނާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އިތުރު ފަރުވާއަށް ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް އާޝިއާ ވިދާޅުވިއެވެ.

އެކްސިޑެންޓަގައި އަނިޔާވި ތިން މީހުން ހުުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މިހާރު އެތަނުގައި ފަރުވާ ދެމުން ގެންދަނީ އެކަކަށެވެ. އެކަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ އިރު އަނެއް ޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ.

ރޯދަ މަހު ތެރޭގައި ހުޅުމާލޭގައި އެކްސިޑެންޓްތައް އާންމުވެފައިވާއިރު، ނުރައްކާތެރި ހަތަރު އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުމާމް އަލީ
- ކޮމެންޓް
10 ޖޫން 2018 | އާދީއްތަ 02:13
AishaMuna
އެއްލަކި ގޮލައެއް ދޯ ދުއްވީ؟ މާލޭގަވެސް އެއްލަކިތައް ހޭބަލި ވަނީ