ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 16:15
ކޯޓްނީ (ކ) އަދި ޖޯނީ
ކޯޓްނީ (ކ) އަދި ޖޯނީ
މުހައްމަދު ޝަރުހާން
ކޯޓްނީ އަދި ޖޯނީ
ކޯޓްނީ އަދި ޖޯނީ މެކްޑެއިޑް ކައިވެނި ކުރަން ނިންމައިފި
 
އެ ދެ މީހުންގެ އުމުރުގެ ތަފާތަކީ 12 އަހަރު
 
އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ 2013 ވަނަ އަހަރު

މަގުބޫލު ޓީވީ ސީރީޒް ފްރެންޑްސްގެ އެކްޓަރ ކޯޓްނީ ކޮކްޒް އަދި ލަވަކިޔުންތެރިޔާ މްކެޑެއިޑް ކައިވެނި ކުރަން ނިންމައިފިއެވެ.

އެ ދެ މީހުން ކައިވެނި ކުރަން ނިންމާފައި ވަނީ އަންނަ ޖުލައިމަހުގެ ފަހުކޮޅުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިފައި ވަނީ 2013 ވަނަ އަހަރުއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ކޯޓްނީ އާއި ޖޯނީ ކައިވެނި ކުރަން ނިންމާފައި ވަނީ އަޔަލޭންޑުގައެވެ. މީގެ ކުރިން ކޯޓްނީ ކައިވެނި ކޮށްގެން އުޅުނީ އެކްޓަރ ޑޭވިޑް އާކެޓްއާއެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅިފައި ވަނީ 2011 ވަނަ އަހަރުއެވެ. ޑޭވިޑް އާއި ކޯޓްނީއަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.

ކޯޓްނީ އަދި ޖޯނީ ކައިވެނި ކުރާއިރު އެ ދެ މީހުންގެ ދެމެދުގައި 12 އަހަރުގެ ތަފާތެއް އެބަހުއްޓެވެ. ކޯޓްނީއަށް 53 އަހަރު ފުރިފައިވާއިރު ޖޯނީގެ އުމުރަކީ 41 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް