ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 15:33
ބެކަމްއާ ވިކްޓޯރިއާ
ބެކަމްއާ ވިކްޓޯރިއާ
ގެޓީ އިމޭޖަސް
ވިކްޓޯރިއާ- ބެކަމް
ބެކަމްއާ ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ ދެމީހުން ދޮގުކޮށްފި
 
ދެމީހުންވެސް އުޅެނީ ވިޔަފާރިއާއިގެން ބިޒީކޮށް

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްއާއި ފެޝަން ޑިޒައިނަރ ވިކްޓޯރިއާ ބެކަމް އުޅެނީ ވަރިވާން ކަމަށް ފެތުރުނު ޚަބަރުތައް އެދެމީހުން ދޮގުކޮށްފިއެވެ.

އެދެމީހުންގެ ސްޕޯކްސްޕާސަން އާ ހަވާލާދީ ދަ ސަން ގައި ބުނެފައިވަނީ އެއީ ސޯޝަލްމީޑިއާގައި ފަތުރަމުންދާ ދޮގެއް ކަމަށާއި އެދެމީހުން ވަރިވާ ސްޓޭޓްމެންޓެއް ނެތް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވިކްޓޯރިއާ ވަނީ އޭނާގެ އިންސްޓަގްރާމަށް ވެސް ދާދިފަހުން ބެކަމްގެ ފޮޓޯއެއް ލުމަށް ފަހު އޭނާ މަތިން ވަރަށް ހަނދާންވާ ކަމަށް ބުނެފައެވެ.

ބެކަމް އާއި ވިކްޓޯރިއާ ކައިވެނީގެ ގޮތުން ގުޅިފައިވަނީ 1999 ވަނަ އަހަރުގައެވެ. އެދެމީހުންނަށް ވަނީ ހަތަރު ދަރިން ލިބިފައެވެ. މިދިޔަ އަހަރު ވިކްޓޯރިއާ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާއާއި ޑޭވިޑް ބެކަމް އުޅެނީ ވިޔަފާރީގައި ވަރަށް ބުރަކޮށް ކަމަށާއި އެދެމީހުން ދެމީހުންނަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި ބިޒީވެގެން އެދެމީހުންނަށް ގިނަ ފަހަރު ވާހަކަ ދައްކާލާނެ ވަގުތެއް ވެސް ނުވާ ކަމަށާއި ބައެއް ފަހަރު ދެމީހުން ކޮންމެހެން ބުނެލަން ބޭނުންވާއެއްޗެއް ބުނުމަށް ފަހު ފޯނު ބާއްވާލަނީ ކަމަށެވެ. 

މީގެ އިތުރުން މިއަހަރު ޖެނުއަރީގައި އެމެރިކާގެ ޝޯއަކަށް ޑޭވިޑް ބެކަމް ދީފައިވާ އިންޓަވިއުގައި ވެސް ވަނީ އޭނާއާއި ވިކްޓޯރިއާ އާއި ދެމީހުން ބިޒީވެގެން ދޭންވާ ވަގުތު ނުދެވޭ ކަމަށް ބުނެފައެވެ.

މިއީ ބެކަމްއާއި ވިކްޓޯރިއާ އާ ދެމީހުން ވަރިވާން އުޅޭކަމަށް އަޑުތައް ފެތުރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ އެދެމީހުން އުޅެނީ ވަރިވާން ކަމަށް ބުނެ އަޑުތައް ފެތުރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް