ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 15:02
ޑރ ޖަމީލު ރައީސް ޔާމިންއާއެކު---
ޑރ ޖަމީލު ރައީސް ޔާމިންއާއެކު---
ގޫގުލް
ޑރ ޖަމީލް
ހުދުމުހުތާރު ވެރިކަން ބަދަލުކުރުމުގެ ވަގުތު ޖެހިއްޖެ: ޑރ ޖަމީލު
މިސަރުކާރުން ހިންގާ ޖަރީމާތަކުގެ ސަބަބުން ރާއްޖެއާ ރާއްޖޭން ބޭރުގައި މިހާރު ދިވެހިންގެ ނަން ވަނީ ކިލަނބުވެފައި
ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނުލިބުމަކީ ހައިރާންވާންވީ ކަމެއް ނޫން

ހުދުމުހުތާރު ވެރިކަން ބަދަލުކުރުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި ހުރިހާ ރައްޔިތުން މިމަސައްކަތުގައި ތެދުވުމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ގޮވާލައްވައިފި އެވެ.

އދ ގެ ސަލާމަތީ މަޖިލީހަށް މިސަރަހައްދުން ރާއްޖެއާއި ވާދަކޮށް އިންޑޮނޭޝިއާއިން ގޮނޑި ކާމިޔާބު ކުރުމާއި ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވާ ޑރ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބަލިވުމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ އިންތިޚާބުގައި ތެދުވެ ހުދުމުހުތާރު ސަރުކާރު އެ ފަރާތްކުރަންވީ ވަގުތު ކަމަށެވެ.

ސްޕްރީމްކޯޓުގެ އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވާކަން ފާހަގަކުރައްވައި ޑރ ޖަމީލު ވިދާޅުވީ މިސަރުކާރުން ޑިމޮކްރަސީ ނިޒާމު ފުޑާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ ޖަމީލު ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް މިސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ރާއްޖެއާ ބޭރު ދުނިޔޭގައި ދިވެހިންގެ ނަން ކިލަނބުވެފައިވާ ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނާކާމިޔާބުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މިގޮނޑި ނުލިބުނީ ރައީސް ޔާމީންގެ ސަރުކާރު ފެއިލްވެ އަގުވެއްޓިފައި އޮތުމުގެ ސަބަބުން ކަމަށް އެފަރާތްތަކުން ފާހަގަކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް