ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 14:54
ނިޔާޒް އިބްރާހިމް
ނިޔާޒް އިބްރާހިމް
ޔޫޓިއުބް
އދ - ރާއްޖެ
ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވުނު ނަމަ އެތާވެސް ވަގު ވިޔަފާރި ކުރާނެ: ނިޔާޒް
ކައުންސިލަށް ވަންނަން މަސައްކަތް ކުރީ ވޯޓު ވިއްކައިގެން ލާރިކޮޅެއް ހޯދުމަށް
މިއީ އިތުބާރު ނުކުރެވޭ ސަރުކާރެއް

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ދިވެހިރާއްޖެއަށް ކާމިޔާބު ކުރެވުނު ނަމަ ކައުންސިލް ގައި ވެސް  ވޯޓުގެ ވަގު ވިޔަފާރިކޮށް ކައުންސިލް ހަރާބު ކުރާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި ވޯޓުން ރާއްޖެ ބަލިވުމާއި ގުޅިގެން  ހޮނިހިރު ދުވަހު ނިޔާޒް ކުރައްވާފައި ޓްވީޓެއްގައި ވަނީ ކައުންސިލަށް ވަންނަން މަސައްކަތް ކުރީ ވޯޓު ވިއްކައިގެން ލާރިކޮޅެއް ހޯދުމުގެ މަގްސަދުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ އިތުބާރު ނުކުރެވޭ ގޮތްކުޑަ ސަރުކާރެއް ކަމަށް ނިޔާޒް ވިދާޅުވެފައި ވެއެވެ.

ހުކުރު ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގެ 93 ވަނަ ޕްލެނަރީ ބައްދަލުވުމުގައި ނެގި އެ ވޯޓުގައި އިންޑޮނޭޝިއާ އާއި ވާދަކޮށް ރާއްޖެއަށް ލިބިފައި ވަނީ މެމްބަރު 193 ގައުމުގެ ތެރެއިން 46 ވޯޓެވެ. އިންޑޮނޭޝިއާއިން144 ވޯޓު ކާމިޔާބުކުރިއިރު މިއީ އެ ގޮނޑިއަށް އެ ގައުމު އިންތިހާބުވި ހަތަރު ވަނަ ފަހަރެވެ. މި ވޯޓުގައި ބައިވެރިވެފައި ވަނީ 190 ގައުމަކުންނެވެ. އިންޑޮނޭޝިއާގެ މިފަހަރުގެ ދައުރު ނިމޭނީ 2020 ވަނަ އަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 ޖޫން 2018 | ހޮނިހިރު 12:11
އައިސް
ޣައިރު މުސްޅިމުން ގަބޫޅެއް ނުވާެނެ މި ސަރުކާ ރަށް
9 ޖޫން 2018 | ހޮނިހިރު 09:59
Heyo
Till u were fired u also was with this government.