ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 17:26
އެއްލަކިން މަށަށް ލައިސެންސް ޕްރޮގްރާމްގެ ތެރެއިން---
އެއްލަކިން މަށަށް ލައިސެންސް ޕްރޮގްރާމްގެ ތެރެއިން---
ޓްވިޓަރ
އެއްލަކިން މަށަށް ލައިސަންސް
އެއްލަކިން މަށަށް ލައިސެންސް ޕްރޮގްރާމްގެ އަމަލީ އިމްތިހާނުގައި ބައިވެރި ނުވެވުނު މީހުންގެ އިމްތިހާން މިމަހު 12 ގައި
އިމްތިހާންތައް ކުރިއަށްދާނީ ރޭގަނޑު ނުވައެއް ޖަހާއިރު، ކާނިވާ ސަރަހައްދުގައި
އިމްތިހާނުގައި ބައިވެރިވެވޭނީ މޭމަހު 31 ވަނަ ދުވަހު އަމަލީ އިމްތިހާން ހެދުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެކަނި
އިމްތިހާނުގައި ބައިވެރިނުވާ މީހުންނަށް އިތުރު ފުރުސަތެއް ނުދޭނެ

ޒުވާނުންނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސެންސް"ގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެންމެ ފަހު ރޭގެ އަމަލީ އިމްތިހާނުގައި ބައިވެރިނުވެވުނު މީހުންނަށް މިމަހު 12 އިން 13 އަށް އިމްތިހާން އޮންނާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިއިމްތިހާން އޮންނާނީ މިފެށޭ ހަފްތާ އަންގާރަ ދުވަހާއި، ބުދަ ދުވަހުގެ ރޭ 9:00 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

މި އިމްތިހާނުގައި ބައިވެރިވެވޭނީ މޭ މަހުގެ 31 ވަނަ ދުވަހު އަމަލީ އިމްތިހާން ހެދުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެކަނިކަން ފާހަގަކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މިއަންނަ އަންގާރައާ ބުދަ ދުވަހުގެ ރޭ އަމަލީ އިމްތިހާނުގައި ބައިވެރިނުވާ މީހުންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ.

އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމްގެ އެންމެ ފަހު ރޭގެ އަމަލީ އިމްތިހާން ފަސްކޮށްފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. މި ޕްރޮގްރާމް ހަތަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ފެށި ނަމަވެސް، ތަރުހީބު ބޮޑުވުމާ ގުޅިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވެއެވެ.

އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމް މާލޭގެ އިތުރަށް ހުޅުމާލޭގައި އަދި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު މި ޕްރޮގްރާމުގައި ލައިސެންސް ހޯދުމަށް ފުރަންޖެހޭ ފޯމުގައި އެމީހެއްގެ އިންސްޓަގްރާމް އެކައުންޓް ނަމާއި ވައިބަރ ނަންބަރާއި ފޭސްބުކް ނަން އަދި ވަޓްސްއެޕް ނަންބަރު ޖަހަން ޖެހޭތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން އެއީ މިފަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ސަރުކާރުން ތައްޔާރުވަނީތޯ ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް