ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 11:30
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކޯޓަށް ހާޒިރު ކުރުމަށްފަހު ޖަލަށް ގެންދަނީ (ފައިލް ފޮޓޯ)
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކޯޓަށް ހާޒިރު ކުރުމަށްފަހު ޖަލަށް ގެންދަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ޖޭޕީގެ ނައިބު ލީޑަރ ރިޔާޒު
އަބްދުﷲ ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށްބުނެ ކުރި ދައުވާ
ތާވަލް ކޮށްފައި ވަނީ މާދަމާ 12:00 އަށް
ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ހުކުމެއް

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައުވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

އާދިއްތަ ދުވަހުގެ 12:00 އަށް ކްރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލް ކޮށްފައިވާއިރު، މި މައްސަލާގައި މީގެ ކުރިން އިބްތިދާއީ އަޑުއެހުންތަކެއް ވަނީ ބާއްވާފައި ވެއެވެ. 

ކުރިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ވެސް އަދާކުރައްވާފައިވާ ރިޔާޒުގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދައުވާގެ އިތުރުން ވެސް ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ، ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވާއިރު، ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު 11 މެންބަރެއްގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ އެއްވެސް ވަނީ ކޮށްފައެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.

މީގެއިތުރުން، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ހަތަރު މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށް ލުމަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ރިޔާޒްގެ މައްޗަށް މިހުކުމް ކުރީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރުމަށް ފަހު އެވެ. 

ރިޔާޒުގެ މައްޗަށް ކުރި އެހުކުމާއި ގުޅިގެން، ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ކުރިމިނަލް ކޯޓުން ސާބިތު ނުވާ ކަމަށް ނިންމާފައިވާ މައްސަލައެއް ކަމަށާއި  އެހުކުމަކީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރި ސަރުކާރުގެ ބާރާނުފޫޒުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކޯޓުތައް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ސިޔާސީ މަގުސަދުތައް ހާސިލު ކުރުމަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް