ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 00:24
އެމްޑީޕީގެ ކޮންގްރެސް ކޮމެޓީ ބައްދަލުވުވުން
އެމްޑީޕީގެ ކޮންގްރެސް ކޮމެޓީ ބައްދަލުވުވުން
ރާއްޖެއެމްވީ
އެމްޑީޕީ ކޮންގްރެސް
އެމްޑީޕީ ކޮންގްރެސް އުކުޅަހުގައި ބާއްވަން ނިންމާއިފި
ކޮންގްރެސް ބާއްވާނީ ޖޫން 29 ން 30 ށް
އުކުޅަހުގައި ކޮންގްރެސް ބާއްވަން ނިންމީ ކޮމެޓީ ބައްދަލުވުމުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އއ. އުކުޅަހުގައި ބާއްވަން ނިންމާފިއެވެ.

މި މަހުގެ 29 އަދި  30 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކޮންގްރެސްގެ ކަންތަކާއި ގުޅޭގޮތުން ހުކުރު ދުވަހުގެރޭ އެމްޑީޕީ އޮފީހުގައި ބޭއްވި ކޮމެޓީ ބައްދަލުވުމުން ނިންމާފައި ވަނީ ވެރިކަން ކުރާ ރަށް މާލޭގައި ކޮންގްރެސް ބާއްވަން ތަނެން ނުލިބުމުން އއ އުކުޅަހުގައި އެޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ. ކޮންގްރެސްގެ ތައްޔާރީތަކާއި ގުޅޭގޮތުން ބޭއްވި ކޮންގްރެސް ކޮމެޓީ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މާލޭގައި ކޮންގްރެސް ބޭއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ތަނެން ނުދެއްވި ކަމަށެވެ.

" އަޅުގަނޑުމެން މިހާ ހިސާބަށް އައިރު ވަރަށް ގިނަ މަސައްކަތްކޮށްގެން އަޅުގަނޑުމެންނަން ސަރުކާރުން މާލެއިން އެއްވެސް ތަނެން ނުދެއްވި، ދަރުބާރުގެ ހޯދަން އެދުނިން، އެހެންނަމަވެސް އެ ތާރީޙް ތަކުގައި އެބޭފުޅުންނެން ނުދެއްވި އެތަނެން، އެހެންވެގެން އަޅުގަނޑުމެން މި ބެލީ އއ. އުކުޅަހުގައި ކޮންގްރެސް ބާއްވަން، އެހެންކަމުން އަޅުގަނޑުމެންނަން އުކުޅަހުގައި މި މަހުގެ 29 އަދި 30 ގައި ދެ ދުވަހު ކޮންގްރެސް ބޭއްވޭނެ" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އަތޮޅުތެރޭ ރަށެއްގައި ކޮންގްރެސް ބޭއްވުމަށް ނިންމުން ފޯރި ގަދަވަނެ ކަމަށް ބެލެވޭކަމަށެވެ. ހާއްސަކޮށް ތޮއްޑޫ ދާއިރާއަކީ އެމްޑީޕީއަށް ނުހަނު ބޮޑު ތާއިދެއް އޮތް ރަށެއް ކަން ފާހަގަކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫނުކުރާ މި ދަނޑިވަޅުގައި އަތޮޅުތެރޭ ރަށެއްގައި ކޮންގްރެސް ބާއްވާއިރު އެމްޑީޕީއަށް ހެޔޮއެދޭ ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ޖޫން މަހު ބާއްވަން ނިންމާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައެވެ. ޖޫން މަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕަރސަންގެ ނައިބު، އަލީ ނިޔާޒެވެ. ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 31 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް