ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 00:19
އެމްޑީޕީގެ ނައިބު ރައިސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބު ރައިސް މުހައްމަދު ޝިފާޒް
ރާއްޖެއެމްވީ
ޖަޒީރާ ޕޯސްޓަރު
އެމްޑީޕީން ރިޔާސީ އިންތިޚާބުގައި އެޕާޓީން ބޭނުންކުރާނެ ޖަޒީރާ ޕޯސްޓަރު ތައާރަފްކޮށްފި
އެޕާޓީގެ އިންތިޚާބީ ކެނޑިޑޭޓްގެ ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

މި ޕޯސްޓަރު ރަސްމިކޮށް ލޯންޗް ކުރީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ބޭއްވި ހަފްލާއެއްގައެވެ.

މި ހަފްލާގައި ވަނީ އެޕާޓީގެ އިންތިޚާބީ ކެނޑިޑޭޓްގެ ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްކަމުގައި އިއުލާނުކޮށްފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޑިޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، މި ޕޯސްޓަރުން ވަރަށް ޖަޒީރާ ވަންތަ ދިވެހިންނާއި ގުޅޭ ވަރަށް މުހިއްމު ކަންކަން ރަމްޒުކޮށްދޭކަމަށެވެ. އަދި އެޕާޓީން ރާއްޖޭގެ ކޮންމެ ގެއަކަށް މީގެ ޕޯސްޓަރެއް ފޮނުވާނޭކަމަށެވެ. އޭނާ ވިދާޅުވީ ޕޯސްޓަރުގައި ހިމެނޭ ގޮތަށް އެމްޑީޕީން ގެންނަ ސަރުކާރު ވެގެންދާނީ އޯގާތެރި ސަރުކާރަކަށް ކަމަށެވެ. އަދި ޖަޒީރާ ދިރިއުޅުމަކުން އުޅޭ ފަޚުރުވެރި އާއިލާއެއް ބިނާ ކުރުމަކީ އެބޭފުޅުންގެ ސަރުކާރުގައި އެންމެ އިސްކަން ދޭނެކަންކަންކަމަށެވެ. "ނޫ އިގްތިސާދު" އެއް ބިނާކޮށް ގައުމުގައި އިންސާފު ގާއިމުވެފައި އޮތުމަކީ އެމްޑިޕީގެ ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ މުހިއްމު ކަމެއްކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ، އެޕާޓީގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ވަރުގަދައަށް ކުރިއަށް ގެންދާނެކަމަށާއި، ރައީސް މުހައްމަދު ނަޝީދަކީ އެބޭފުޅުްންގެ ކެނޑިޑޭޓް ކަމާއި މެދު ޝައްކެއް ނެތްކަމަށެވެ. އަދި ރައީސް ނަޝީދުގެ ނަންފުޅު ވޯޓްކަރުދާސްކޮޅުގައި ޔަގީނުންވެސް އޮންނާނޭކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
8 ޖޫން 2018 | ހުކުރު 23:18
ހ މ ޒ
އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައިވާ ބާޖަމާލުއްދީނުގައި މިރޭ އިލެކްޝަންސް ކޮމިޝަނުން ބައްދަލުވުމެއް ބާއްވަމުންދާ އެ ސަރަހައްދުގައި މުޒާހަރާ ކުރަން އެމްޑީޕީ އިން ގޮވާލި ނަމަވެސް އެއްވެސް ރައްޔިތަކު މުޒާހަރާ އަށް ނުނިކުތުމުން އެމްޑީޕީ އިން ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.