ކ. މާލެ
|
8 ޖޫން 2018 | ހުކުރު 23:26
އދ. ގައި ވޯޓު ނެގިއިރު ބައިވެރިވި ރާއްޖޭގެ ޓީމް
އދ. ގައި ވޯޓު ނެގިއިރު ބައިވެރިވި ރާއްޖޭގެ ޓީމް
ސޯޝަލް މީޑިއާ
ރައީސް ނަޝީދު 2018
ރައީސް ޔާމީންގެ ސަރުކާރު ފެއިލްވެފައިވުމުން ރާއްޖެއަށް ލިބުނީ ބޮޑު ލަދުވެތިކަމެއް: ނަޝީދު
2009 ވަނަ އަހަރު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއިން ކާމިޔާބުކުރީ 185 ވޯޓުގެ ރެކޯޑް އަދަަދަކާއެކު
2010 ވަނަ އަހަރު ސަރުކާރުން މަސައްކަތް ފެށީީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް
އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ގެއްލުނީ 46 ވޯޓު ލިބިގެން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ފެއިލްވެ، އަގުވެއްޓިފައި އޮތުމުން ރާއްޖެއަށް ލިބުނީ ވަރަށް ބޮޑު ލަދުވެތިކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެ އެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވީ އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ކުރިމަތިލައި، ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހުމުން ކުރެއްވި ޓުވީޓެއްގައެވެ. އދ.ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ގެއްލުނީ 46 ވޯޓު ލިބިގެންނެވެ. ރާއްޖެއާއެކު ގޮނޑިއަށް ވާދަކުރި އިންޑޮނޭޝިއާއަށް ވަނީ 144 ވޯޓް ލިބިފަ އެވެ. 

ރައީސް ނަޝީދުކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ 2009 ވަނަ އަހަރު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ރާއްޖެއިން ކާމިޔާބުކުރީ 185 ވޯޓުގެ ރެކޯޑް އަދަަދަކާއެކުގައި ކަމަށެވެ. އަދި 2010 ވަނަ އަހަރު ސަރުކާރުން މަސައްކަތް ފެށީީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކަމަށާއި، އެ ގޮނޑި ނުލިބުނީ ރައީސް ޔާމީންގެ ސަރުކާރު ފެއިލްވެފައިވުމުގެ ސަބަބުން ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއަށް ނާކާމިޔާބުވިއިރު ރާއްޖެއިން ވަނީ އެ ގޮނޑި ހޯދުމަށް ދިގު ކެމްޕެއިނެއް ކޮށްފައެވެ.އެގޮތުން ސަރުކާރުގެ ވަޒީރުން އެކި ގައުމުތަކަށް ޒިޔާރާތްކޮށް ވަނީ ރާއްޖެއާ އެއްކޮޅަށް ވޯޓް ދިނުމަށް މަސައްކަތްކޮށްފައެވެ. ހަމައެހެންމެ ދިވެހި ސަރުކާރުން ވަނީ ވޯޓާ ގާތްކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއި ސިޔާސީ ގުޅުން ޤާއިމްކޮށްފައެވެ.

މީގެ އިތުރުން ފަޤީރު އަދި ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކުގެ ސަފީރުން ރާއްޖެ ގެނެސްގެން އެބޭފުޅުންނަށް ވޯކްޝޮޕްތަކެއް ހިންގާފައިވާއިރު، ސަލާމަތީ މަޖިލީހުގެ ގޮނޑީގެ ކެމްޕޭނަށް ރާއްޖެއިން ގޮތް ނޭނގޭ 5 ލައްކަ އެމެރިކާ ޑޮލަރު ޚަރަދުކުރިކަމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޑިޕްލޮމެޓުން ތުހުމަތުކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
8 ޖޫން 2018 | ހުކުރު 19:02
ޝަރީފާ
ނާކާމިޔާބު ބަޔަކައް އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ؟