ކ. މާލެ
|
8 ޖޫން 2018 | ހުކުރު 17:35
ދިވެހިރާއްޖޭގެ ވެރިރަށް: މީޑިއާނެޓުން ވަނީ ރާއްޖެއަށް ވާރލްޑްކަޕް ދައްކާނެކަމުގެ ޔަގީންކަން ދީފި
ދިވެހިރާއްޖޭގެ ވެރިރަށް: މީޑިއާނެޓުން ވަނީ ރާއްޖެއަށް ވާރލްޑްކަޕް ދައްކާނެކަމުގެ ޔަގީންކަން ދީފި
އެސް.ބީ.އައި.
މީޑީއާނެޓްގެ ޚިދުމަތްތައް
ވާރލްޑްކަޕް ދައްކާނެކަމުގެ ޔަގީންކަން މީޑިއާނެޓުން ދީފި
ސޮނީއަކީ މި ސަރަހައްދަށް މެޗުތައް ފޮނުވާ ފަރާތް
ސޮނީއާއި މީޑިއާ ނެޓުން ވަނީ އެއްބަސް ވުމެއް ގާއިމް ކޮށްފައި
ޕީއެސްއެމްއަށް ވަނީ ރައްދު ދީފައި

އަންނަ ބުރާސްފަތި ދުވަހު ރަޝިޔާގައި ފަށާ މި އަހަރުގެ ވާރލްޑް ކަޕްގެ މެޗުތައް މީޑިއާނެޓުގައި ބަލައިލުމުގެ ފުރުސަތު ނުލިބިދާނެ ކަމަށް އަޑުފެތުރި، އާންމުންގެ މެދުގައި ޝައްކު އުފެދުމުން ދަނިކޮށް 2018ގެ ވާރލްޑް ކަޕް ގެނެސްދޭނެ ކަމުގެ ޔަގީން ކަން މީޑިއާ ނެޓުން ދީފިއެވެ.

މީޑިއާނެޓުން ބުނީ ވާރލްޑް ކަޕްގެ މެޗުތައް މި ސަރަހައްދުގެ ގައުމުތަކަށް ފޮނުވައި ދިނުމުގެ ރައިޓްސް އޮންނަނީ ސޮނީ ޕިކްޗާސްގެ އަތުގައި ކަމަށާއި މީޑިއާ ނެޓުން ވަނީ އެމީހުން ފޮނުވާ ޗެނަލްތައް ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމުގެ ސައްހަ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ކަމަށެވެ.

މީޑިއާ ނެޓުން ނުދައްކާނެ ކަމަށް ރައްޔިތުންގެ މެދުގައި އަޑުތައް ފެތުރި، ޝައްކުތަކެއް އުފެދުނީ ޕީއެސްއެމުން މިދިޔަ ބުދަ ދުވަހު ނެރުނު ނޫސްބަޔާނުގައި ރާއްޖޭގައި ވާރލްޑް ކަޕް ދެއްކުމުގެ ރައިޓްސް ލިބިފައިވާ ހަމައެކަނި ފަރާތަކީ އެ ކުންފުނި ކަމަށް ބުނުމުންނެވެ. ޕީއެސްއެމްގެ އެ ނޫސް ބަޔާނާ ގުޅިގެން، ދިވެހިރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ދޭ އެންމެ ބޮޑު ކުންފުނި، މީޑިއާނެޓުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނުގައި ވަނީ އެކަމަށް ރައްދު ދީފަ އެވެ.

"މިގޮތުގެ މަތިން، ސޮނީ ޕިކްޗާސް ނެޓްވާރކުގެ ޗެނަލްތަކުން ފޮނުވާ އެހެންވެސް ބޮޑެތި ކުޅިވަރު މުބާރާތްތައް ފެންނަ ފަދައިން، މިއަހަރުވެސް ފީފާ ވާރލްޑް ކަޕް 2018 ގެ މެޗްތައް ސޮނީ ޓެން 2 އަދި ސޮނީ ޓެން 3 އިން، މީޑިއާނެޓުގެ ޕްލެޓްފޯމް މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ" ރައްޔިތުންގެ މެދުގައި ހުރި ޝައްކުތައް ފިލުވުމަށް ނެރުނު ބަޔާނުގައި މީޑިއާނެޓުން ބުންޏެވެ.

އެ ކުންފުނިން ބުނީ މި އަހަރު މުޅިން އަލަށް ގެނެސްދޭ، އަލްޓްރާ ހައިޑެފިނިޝަން ކޮލިޓީގެ (4ކޭ) މެޗުތައް، ސޮނީ ޓެން 2ގެ ޔޫއެޗްޑީ ޗެނަލް އިން ފޮނުވާއިރު، އެކަމަށް ޚާއްސަ ކޮށްގެން މީޑިއާނެޓުން ތައާރަފް ކުރާ އަލްޓްރާ ހައިޑެފިނިޝަން ސަޕޯޓްކުރާ M580 ޑިކޯޑަރު މެދުވެރިކޮށް 4ކޭގެ މެޗުތައް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
8 ޖޫން 2018 | ހުކުރު 13:09
disgusting
purpose of life? disgusting