ކ. މާލެ
|
8 ޖޫން 2018 | ހުކުރު 13:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު 2018
އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ބޭރުގެ ގައުމުތަކަށް ދައުވަތު ނުދީ ދިގުދައްމާނެ: ރައީސް ނަޝީދު
މާލަހުން ދައުވަތުދީފި ނަމަ ބޭރުގެ އޮބްޒާވަރުންނަށް ރާއްޖެ ނާދެވޭނެ
މިނިވަން ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް ބޭއްވޭނީ އިލެކްޝަން ކޮމިޝަން އަލުން އެކުލަވާލައިގެން
އިންތިޚާބު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު 23 ގައި

އިލެކްޝަން ކޮމިޝަނުން ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ބޭރުގެ ގައުމުތަކަށް ދައުވަތު ނުދީ ދިގުދައްމާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ބޭހޭ ގޮތުން ރައީސް ނަޝީދު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ ގައުމުތަކުގެ އޮބްޒާވަރުންނަށް ދައުވަތުދޭނެ ކަމަށާއި، ނަމަވެސް ދައުވަތު ދޭނީ ރިޔާސީ އިންތިޚާބަށް ވަރަށް ބޮޑަށް ވަގުތު ކުޑަތަންވުމުން ކަމަށެވެ. އަދި ދައުވަތު ނުދީ މަޑުކުރަނީ މާ ލަހުން ދައުވަތުދީފި ނަމަ ބޭރުގެ އޮބްޒާވަރުންނަށް ރާއްޖެ ނާދެވޭނެކަން އެކޮމިޝަނަށް އެނގޭތީ ކަމަށް ވިދާޅުވެފައި ވެއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކަންތައްތައް ހިނގައިދިޔަ ގޮތަށް އަލިއަޅުއްވަލައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީީޕީގެ ޕްރައިމަރީން އެކަނި ވެސް އިލެކްޝަން ކޮމިޝަނަށް އެއްވެސް ކަހަލަ އިތުބާރެއް ނެތްކަން ހާމަވެފައިވާ ކަމަށެވެ. އަދި މިސަބަބުތަކާ ހުރެ، މިނިވަން ދެފުށް ފެންނަ އިންސާފުވެރި އިންތިޚާބެއް ބޭއްވެނީ އިލެކްޝަން ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުން ބަދަލުކޮށް އަލުން އެކޮމިޝަން އެކުލަވާލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ދުނިޔެއަށް އެންމެ ބޮޑަށް ހުޅުވާލައިގެން ބާއްވާނެ އިންތިޚާބު ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން 23 ސެޕްޓެމްބަރު 2018ވާ އާދީއްތަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާ އިއުލާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް