ކ. މާލެ
|
8 ޖޫން 2018 | ހުކުރު 11:21
ވީރޭ ދި ވެޑިންގެ ތަރިން
ވީރޭ ދި ވެޑިންގެ ތަރިން
އިންސްޓަގްރާމް
ބޮލީވުޑް
ކަރީނާ އާއި ސޯނަމް 'ވީރޭ ދި ވެޑިން'ގެ ކާމިޔާބީ ފާހަގަ ކޮށްފި
 
އަރުޖުން ކަޕޫރު ވެސް ވަނީ މި ޕާޓީގައި ބައިވެރިވެފައި

މިހިނގާ ޖޫން މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރި ފިލްމް "ވީރޭ ދި ވެޑިން" އަށް ލިބެމުންދާ ކާމިޔާބީ އެފިލްމުގައި ލީޑްރޯލުން ފެނިގެންދާ ދެ ތަރިން ކަމުގައިވާ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރު ލަންޑަންގައި ފާހަގަ ކޮށްފިއެވެ.

"ނަމަސްތޭ ލަންޑަން" ގެ މަންޒަރުތަކެއް ކުޅުމަށްޓަކައި މިވަގުތު ލަންޑަންގައި ހުރި ސޯނަމްގެ ކަޒިން އަރުޖުން ކަޕޫރު ވެސް ވަނީ މި ޕާޓީގައި ބައިވެރި ވެފައެވެ.

މި ޕާޓީގައި ބައިވެރިވެ ކަރީނާ އާއި ސޯނަމް އަދި ރިއާ ކަޕޫރު އަދި ސޯނަމްގެ އެކުވެރިއަކާ އެކު ނަގާފައިވާ ފޮޓޯތައް އަރުޖުން ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައެވެ.

މީގެ އިތުރުން ވެސް އަރުޖުން ވަނީ އެންމެން އެކުގައި ރެސްޓޯރެންޓެއްގައި ޕިއްޒާކާން ތިބި ވީޑިއޯއެއް ޕޯސްޓްކޮށް ކެޕްޝަންގައި "ވީރޭސް" އާއި އެކު "ވީރޭ ދި ވެޑިން" ގެ ކާމިޔާބީ ފާހަގަ ކުރަން ފުރުސަތު ލިބުނު ކަމަށް ބުނެފައެވެ.

ސޯނަމް ވެސް ވަނީ މި ޕޯސްޓް އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ.

"ވީރޭ ދި ވެޑިން" އަށް ވަނީ ފިލްމް އެޅުވިތާ 6 ދުވަސް ތެރާގައި ހަ ކްރޯޑް ރުޕީސް ލިބިފައެވެ. މި ފިލްމް މިހަރު ވަނީ 2018 ވަނަ އަހަރު އޭޅުވި އެންމެ ކާމިޔާބު ފަސް ފިލްމްގެ ތެރޭގައި ވެސް ހިމެނިފައެވެ.

ޝަޝަންކާ ގޯޝް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ހަތަރު އެކުވެރިންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ކަރީނާ އާއި ސޯނަމްގެ އިތުރުން ދެން މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް