ކ. މާލެ
|
8 ޖޫން 2018 | ހުކުރު 15:23
ކުނޑަހުވަދޫ ހޮސްޕިޓަލް---
ކުނޑަހުވަދޫ ހޮސްޕިޓަލް---
ގޫގުލް
މާރާމާރި ހިންގުން
ކުޑަހުވަދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހާ ހާލު ސީރިއަސް ވެގެން މާލެ ގެނެސްފި
މާރާމާރީގައި ޒަހަމްވީ ބިދޭސީ ފިރިހެނަކަށް
އެމީހާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި

ދ. ކުޑަހުވަދޫގައި ބުރާސްފަތި ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ޒަހަމްވި މީހާ ހާލު ސީރިއެސް ވެގެން މާލެ ގެނެސްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ހުސެއިން ޝާކިރު ވިދާޅުވީ މާރާމާރީއާ ގުޅިގެން ޒަހަމްވެގެން އެހޮސްޕިޓަލަށް ރޭ ދަންވަރު ބިދޭސީ ފިރިހެނަކު ގެންދިޔަ ކަމަށާއި، މިހާރު އިތުރުފަރުވާ އަށް މާލެ ފޮނުވާލާފައިވާ ކަމަށެވެ.

ޝާކިރު ވިދާޅުވީ ބިދޭސީ މީހާގެ ބޮލަށާއި، މޫނަށް ޒަހަމްތަކެއް ލިބިފައިވާއިރު، އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާ މާލެ ގެންދިޔައިރު މީހުންނާ ވާހަކަ ދެއްކި ނަމަވެސް ހާލަތު ސީރިއަސް ކަމަށް ޝާކިރު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގީ ދެ ބިސީއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކަށް ފަހު އެވެ. މިމީހާއަށް ހަމަލާދީފައި ވަނީ އޭނާ ދިރިއުޅޭ ކޮޓަރީ ތެރޭގައި ކަމަށް ވެސް އެރަށު މީހުން ބުނެއެވެ.

މިމާރާމާރީއާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކުރި ކަމެއް ސާފުވެފައެއް ނުވާއިރު، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް