ކ. މާލެ
|
8 ޖޫން 2018 | ހުކުރު 08:22
އިންޑިއާގެ ރައީސް ކޮވިންދް
އިންޑިއާގެ ރައީސް ކޮވިންދް
އަޒުމޫން އަހުމަދު
އިންޑިއާ
މި އަހަރު މުސްލިމުންނަށް އިންޑިއާގެ ރައީސް ރޯދަ ވީއްލުން ނުދެއްވާނެ
ރޯދަ ވީއްލުން މިފަހަރު ނުދެއްވަން ނިންމެވިކަން އެމަނިކުފާނުގެ ޕްރެސް ސެކެޓްރީ ވަނީ ހާމަ ކުރައްވާފައި

އިންޑިއާގެ ރައީސްގެ ފަރާތުން ކޮންމެ އަހަރަކު މުސްލިމުންނަށް ދެއްވަމުން ގެންދަވާ ރޯދަވީއްލުން ނުދެއްވާ ގޮތަށް ނިންމަވައިފިއެވެ.

ކޮންމެ އަހަރަކު ވެސް ރައީސްގެ ގަނޑުވަރު ރާޝްތްރަޕަތީ ބަވަނައިގައި މުސްލިމުންނަށް ދެއްވަމުން ގެންދަވާ ރޯދަ ވީއްލުން މިފަހަރު ނުދެއްވަން ނިންމެވިކަން ރައީސް ރާން ބާރު ކޮވިންދުގެ ޕްރެސް ސެކެޓްރީ އަޝޯކް މާލިކު ވަނީ ހާމަކުރައްވާފައެވެ.

އޭނާ ވިދާޅުވީ އެއްވެސް ދީނެއްގެ އެއްވެސް ކަމަކާ ގުޅިގެން ރައްޔިތުންގެ ޓެކްސް ފައިސާ އިން ޚަރަދު ނުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ހުރިހާ ދީންތަކެއްގެ މުނާސަބަތުތަކާ ގުޅިގެން ތަހުނިޔާތައް ފޮނުއްވާނެ ކަމަށް އަޝޯކް ވަނީ ވިދާޅުވެފައެވެ.

އިންޑިއާއަކީ ތަފާތު އެތައް ދީންތަކެއް އޮންނަ ގައުމަކަށްވީ ނަމަވެސް މި ވަގުތު ވެރިކަން ކުރަމުން ގެންދަނީ ހިންދޫ ދީނުގެ ސިޔާސަތުތައް ދިރުވާ އަލާކުރާ ޕާޓީ ބީޖޭޕީ އިންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް