ކ. މާލެ
|
8 ޖޫން 2018 | ހުކުރު 04:08
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ހައުސިންގ މިނިސްޓަރު މުއިއްޒު
މިމަހުގެ 12 ވަނަ ދުވަހު ބްރިޖްގެ އެންމެ ފަހު މަރުހަލާ ފަށާނެ: މުއިއްޒު
ބްރިޖް އޮގަސްޓްގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި

ޖޫން 12 ވަނަ ދުވަހު މައިތަނބާ ސުޓީލް ގާޑާރ ތައް ގުޅުވާލުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ހައުސިންގ  މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެޖެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ބެހޭގޮތުން މުއިއްޒު ކުރައްވާފައިވާ ޓްވިޓެއްގައި ވިދާޅުވީ ބްރިޖްގެ މިހާރު ކުރަމުންދަނީ މައި ތަނބުތަކުގެ ތެރެއިން ޕިއާރ 21 އަދި ޕިއާރ 22 ގެ ސްޓީލް ގާޑަރ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް މިމަހުގެ 9 ވަނަ ދުވަހު ނިމޭނެކަމަށާއި އެއަށްފަހު ޖޫން 12 ވަނަ ދުވަހު މައިތަނބާ ސުޓީލް ގާޑާރ ތައް ގުޅުވާލުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް އަންނަ އޮގަސްޓްމަހުގެ ނިޔަލަށް ނިމޭނެ ކަމަށް މުއިއްޒު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ އެހީއެކެވެ.  އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް