ކ. މާލެ
|
8 ޖޫން 2018 | ހުކުރު 01:09
އަހުމަދު ނިހާން ހުސައިން މަނިކު
އަހުމަދު ނިހާން ހުސައިން މަނިކު
ރާއްޖެ އެމްވީ
ނިހާން އިންޑިއާއިން ބޭރުކުރުން
ނިހާނަށް އިންޑިއާއަށް ނޭރެވުނު މައްސަލަ ދަނީ ބަލަމުން: އިންޑިއާ
އިންޑިއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނީ ނިހާންގެ މައްސަލާގައި
ޑީޕޯޓްކޮށްލިިކަން ނުވަތަ ނޫންކަންވެސް ނިހާނަށް އިންޑިއާއިން އަންގާފައެއް ނުވޭ
އިންޑިއާއިން ބުލީކުރީ ކަމަށް ނިހާން ވިދާޅުވި

ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކަށް އިންޑިއާއަށް އެތެރެ ނުވެވުނު މައްސަލަ ދަނީ ބަލަމުންކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއިން އެގައުމުގެ ބައެއް ނޫސްތަކަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ނިހާނަށް އިންޑިއާއަށް އެތެރެ ނުވެވުނު މައްސަލަ ބަލަމުންދާކަމަށެވެ.

މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސްޕޯކްސް ޕާރސަން ރަވީޝް ކުމާރު އިންޑިއާގެ ނޫހެއްކަމަށްވާ ހިންދުސްތާން ޓައިމްސްއަށް ވިދާޅުވީ  އިންޑިއާގެ ސަރުކާރުން ދަނީ އެކަން ހިނގި ގޮތެއް ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"މިކަމެއް ހިނގާ ދިޔައީ މިމަހުގެ 4 ވަނަ ދުވަހުގައި. އަހަރެމެން މަސައްކަތް ކުރަމުން މިދަނީ ކަންތައް ހިނގާދިޔަ ގޮތެއް ބެލުމަށް. މިކަމުގެ މައުލޫމާތު ސާފު ކުރެވުނުހާ އަވަހަކަށް ހިއްސާކުރާނަން." ކުމާރު ވިދާޅުވިއެވެ.

ނިހާން އިންދިއާއައް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެ ފޮނުވާލި މައްސަލައިގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުވެސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ސަފީރު މިޝްރާ އަންގާރަ ދުވަހު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވަނީ ނިހާން އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ރާއްޖެއަށް ފޮނުވައިލި މައްސަލައިގެ މައުލޫމާތު ސާފުކުރުވުމަށެވެ. އެކަމުގެ ތަފްސީލެއް އަދި ދެފަރާތުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ސައިނަސް ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމުން، އެ ޤައުމަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމާއި ގުޅިގެން ހޮޓަލް ޖެން ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނިހާން ވިދާޅުވީ އިންޑިއާއަށް އެރިޔަނުދީ ވަރަށް ގިނައިރު ވަންދެން އެ ގައުމުގެ އިމިގްރޭޝަނުން ހިފެހެއްޓި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަން އަންގައިދޭ ކާޑު ދެއްކުމުން އިތުރު ހަތަރު ގަޑިއިރު ހިފެހެއްޓިކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި އޭނާއަކީ ޕީޕީއެމްގެ މަޖިލީސް މެމްބަރެއްކަން އެނގުމުން އިތުރު ހުރަސްތައް އިންޑިއާގެ އިމިގްރޭޝަނުން ކުރިމަތިކުރިވި ކަމަށެވެ.

ނިހާން ވިދާޅުވީ ހަތަރުވަރަކަށް ގަޑިއިރު އެއާޕޯޓްގައި ހިފެހެއްޓުމަށްފަހު އަނބުރާ ފޮނުވާލިއިރު އެ ޤައުމުގެ އިމިޤްރޭޝަނުން ތިން ލިޔުމެއް ގެންގުޅުނު އެވެ. އަދި އެއާލައިންގެ އެޖެންޓުގެ އަތުގައިވެސް ލިޔުމެއް އޮތްކަމަށާއި، ނަމަވެސް ޑީޕޯޓްކޮށްލިކަމެއް ނުވަތަ ނޫންކަމެއް އަންގާފައިނުވާކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން އެކަންތައްތައް ސިފަ ކުރައްވާފައިވަނީ އިންޑިއާއިން "ބުލީ" ކުރީކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް
7 ޖޫން 2018 | ބުރާސްފަތި 22:47
Aharen
Dhonki yo gadehdheefa fonuvaba eirun india ah ereyne kanneyge
7 ޖޫން 2018 | ބުރާސްފަތި 21:10
blacklisted criminal
blacklisted criminal